ހުޅުމާލޭގައި 15 ޕާކިން އިމާރާތް ތަރައްގީކުރުމަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު | 247 ދުވަސް ކުރިން - 31 އޯގަސްޓް 2024 08:19
ޕޮޓޯ- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕޮޓޯ- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޚުލާސާ

ޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕާކިން އިމާރާތްތަކުގައި ވިޔަފާރި ޔުނިޓުތައްވެސް ހިމެނޭނެކަމަށާއި އަދި މި މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ އިންޖިނިއަރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް މޮޑެލަށް.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޢުލާނު ކުރެއްވި ގޮތުގައި، ހުޅުމާލޭގައި 15 ޕާކިންގ ބިލްޑިންގ ތަރައްޤީކުރުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ. މި މުހިންމު މަޝްރޫޢަކީ ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ ޕްލޭންގެ ތެރެއިން ކުރިއަށްގެންދެވޭ މަސައްކަތެކެވެ. 

އެގޮތުން އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕާކިން އިމާރާތްތަކުގައި ވިޔަފާރި ޔުނިޓުތައްވެސް ހިމެނޭނެއެވެ. އަދި މި މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ އިންޖިނިއަރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް މޮޑެލަށެވެ.

މި މަޝްރޫޢަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހެވެ. މި 15 ޕާކިން އިމާރާތްތަކުގައި ޖުމްލަ 4000 އުޅަނދު ޕާކުކުރެވޭނެ ޖާގަ ހުންނާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މި ޕާކިންގ ޖާގަތައް ދޫކުރާނީ ރަޖިސްޓްރީކުރާ އުސޫލުންނެވެ.

އެޗްޑީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ ޕާކިންގ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%