ބޮއިންގގެ ސްޓާލައިނާ އުޅަނދުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ނާސާއިން ކްރޫ-9 މިޝަނަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ މިހާރު ބައިނަލްއަޤްވާމީ ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ތިބި ދެ ވައިގެ އެސްޓްރަނަޓް ސަލާމަތްކުރުމަށްޓަކައެވެ.

2 އެސްޓްރޮނޯޓުން ތާށިވެފައިވާ ބޮއިންގެ ސްޓާލައިނަރ ޖައްވީ އުޅަނދު
މިގޮތުން، ޖޫން މަހު ސްޓާލައިނާގައި އައިއެސްއެސްއަށް ދަތުރުކުރި ވައިގެ އެސްޓްރަނަޓް ބެޗް ވިލްމޯރ އަދި ސުނީ ވިލިއަމްސް، ކްރޫ-9 މިޝަންގައި ބައިވެރިވާނެއެވެ. އަދި މިޝަނުގެ ތާރީޚު 24 ސެޕްޓެމްބަރު 2024 އަށްވުރެ ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވެއެވެ.
މިޝަނުގެ ކޮމާންޑަރަކަށް ހުންނާނީ ނިކް ހޭގްއެވެ. އަދި ރޮސްކޮސްމޮސްގެ އެސްޓްރަނަޓް އަލެކްސަންޑަރ ގޯބުނޯވް މިޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި ބައިވެރިވާނެއެވެ. މި ހަތަރު މީހުން ބިމަށް އަނބުރާ އަންނާނެކަމަށް ބެލެވެނީ ފެބްރުއަރީ 2025 ގައެވެ.
މި ބަދަލަކީ ބޮއިންގގެ ސްޓާލައިނާ ޕްރޮގްރާމަށް ލިބުނު އިތުރު ފަހަތަށް ޖެހުމެކެވެ. އަދި ނާސާގެ މީހުން ބައިވެރިކޮށްގެން ކުރާ ބޭރު ޖައްވުގެ މިޝަންތަކުގައި ސްޕޭސްއެކްސްގެ ދައުރު އިތުރުވަމުންދާކަން މިއިން ފާހަގަކުރެވެއެވެ.
ބޮއިންގް އާއި ނާސާ އަކީ ސީއެސްޓީ-100 ސްޓާލައިނަރ ޖައްވީ އުޅަނދު އުފެއްދުމުގެ ބައިވެރިންނެވެ. ސްޓާލައިނަރަކީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް އެސްޓްރޮނޯޓުން ގެންދިއުމާއި އައުމަށް ނާސާގެ ކޮމާޝަލް ކްރޫ ޕްރޮގްރާމްގެ ބައެކެވެ. މި ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނާސާއިން ހޮވާފައިވާ ސްޕޭސްއެކްސްއާ އެކު ބޮއިންގް އަކީ އަމިއްލަ މައިގަނޑު ދެ ކުންފުންޏެވެ. މި ޕާޓްނަޝިޕްގައި ބޮއިންގް އިން ސްޓާލައިނަރ ޖައްވީ އުޅަނދު ޑިޒައިންކޮށް، ބިނާކޮށް، އޮޕަރޭޓް ކުރަނީ ނާސާގެ ބެލުމުގެ ދަށުންނާއި ކޮންޓްރެކްޓް އެއްބަސްވުންތަކުގެ ދަށުންނެވެ.



