Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 13:13
އަތުލާގަންފަވާ ރުފިޔާ / ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
އަތުލާގަންފަވާ ރުފިޔާ / ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ 6 ފިރިހެނަކު އަތުލައިގަނެ، މަނީ ލޯންޑަރިންގެ ތުހުމަތުގައި 10 ދުވަހަށް ބަންދުކޮށްފި.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށް، ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.86 މިލިއަން ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާ ގެންދަން އުޅުނު ހަ ބިދޭސީއަކު މި މަހުގެ 18ވަނަ ދުވަހު އަތުލައިގަނެފިއެވެ.

ގަވާއިދާ ހިލާފަށް ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުންގެ ހާއްސަ ޓާސްކް ފޯހަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މި ފައިސާތައް ހޯދާފައި ވަނީ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރަނިކޮށެވެ. އަތުލައިގަނެވުނު ފައިސާގެ ތެރޭގައި ދުނިޔޭގެ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 އިނގިރޭސި ޕައުންޑް ހިމެނެއެވެ.

މި މައްސަލައިގައި ކަޅު ފައިސާ ދޮވުމުގެ (މަނީ ލޯންޑަރިން) ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ ފިރިހެނުންނެވެ. އެއީ މުހައްމަދު މައިނުއްދީން ސަލާހު (35އ)، ރަޖިބް (31އ)، މުހައްމަދު އަބްދުﷲ (38އ)، އަޖްގަރު މިރިދާ (37އ)، އެމްޑީ މޮހިއްދީން ޗޯދުރީ (28އ) އަދި އެމްޑީ ޝާހިން މިއާ (46އ) އެވެ. މީގެ ތެރެއިން މައިނުއްދީން، މޮހިއްދީން އަދި މުހައްމަދު އަބްދުﷲ ކޯޓުގައި ބުނެފައި ވަނީ އެއަރޕޯޓަށް ދިޔައީ ބަޔަކު ފުރުވުމަށާއި މީހަކާ ހަވާލުވުމަށް ކަމަށެވެ. އަދި ރަޖިބް އާއި ޝަހީން މިއާ ބުނީ ފައިސާ ފެނުނު ލަގެޖާއި ޕާރުސަލްތަކަކީ އަޖްގަރު މިރިދާއާ ހަވާލުކުރަން ގެންދިޔަ، އެތެރޭގައި ހުރި އެއްޗެއް ނޭނގޭ ތަކެތި ކަމަށެވެ. އަޖްގަރު ބުނެފައި ވަނީ އެއީ ފުރަން ގޮސް ހުއްޓައި ނުދަންނަ މީހަކު އެހީތެރިކަމަށް އެދުމުން ހަވާލުވި ލަގެޖެއް ކަމަށެވެ.

Advertisement

Advertisement 1

މި އެންމެން ވެސް ފެނުނު ފައިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ކޯޓުގައި ދައުވާއަށް އިންކާރުކުރި ނަމަވެސް، ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ހިނގި ގޮތުގެ ރިޕޯޓަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ރާއްޖޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، މިފަދަ ކަންކަމުގެ މައުލޫމާތު 9388733އަށް ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މައުލޫމާތުދޭ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށްދޭނެ ކަމަށާއި، އެފަދަ ފަރާތްތަކުން ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެމްއޭ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނި ސަމާސާކުރި ފަތުރުވެރިޔެއް އެއާޕޯޓުން ހައްޔަރުކޮށްފި

1 ގަޑިއިރު ކުރިން - 13:18

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

1 ގަޑިއިރު ކުރިން - 13:13

ކުރު މުއްދަތެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދުކޮށްފި

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

2 ގަޑިއިރު ކުރިން - 12:36

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

2 ގަޑިއިރު ކުރިން - 12:34

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

2 ގަޑިއިރު ކުރިން - 12:33

މަސްތުވާތަކެތިން ހޯދާ ފައިސާއާއި މުދާވެސް ދައުލަތަށް ނަގާނެ!

މަސްތުވާތަކެތީގެ ފައިސާއާއި މުދާ ދައުލަތަށް ނަގާނެ!

2 ގަޑިއިރު ކުރިން - 12:33