ސިނަމާލެ ބްރިޖްގެ ލޭންތަކުގެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަޝްރޫޢު ފުރަތަމަ ހަވާލުކުރެވުނު އިރު ބްރިޖްގެ ދެފަރާތުގައި ދެ ލޭން އަދި ބައިސްކަލް ލޭނެއް އޮތެވެ. ނަމަވެސް ބޮޑެތި އުޅަނދުފަހަރަށް މަގުފަހިކޮށްދިނުމަށްޓަކައި ބްރިޖްގެ ފުޅާމިނަށް މީޓަރެއް އިތުރުކުރެވުނެވެ. އެގޮތުން ފުރަތަމަ 20 މީޓަރު އޮތް ތަން 21 މީޓަރަށް ބަދަލުކުރެވުނެވެ. : ގައިމުވެސް ހައުސިންގް މިނިސްޓްރީއާ މިމަޝްރޫއު ހަވާލުކުރެވުމަށް ފަހުގައެއް އެއްވެސް ބަދަލެއް ނަދޭ އެއޮތީ މިހާރު ބުރިޖަ ހަދާ ނިމިފަ" - ރައީސް
މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ކޮންމެ ދުވަހަކު ބްރިޖް ސައިޓަށް ވަޑައިގެން ކަންކަން އޮޅުންފިލުއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2014 ގެ އޮކްޓޯބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީ މަޝްރޫޢުގައި ބައިވެރިކުރެވުނު ކަމަށާއި، ރައީސް އޮފީހުން ފޮރިން މިނިސްޓްރީގެ ފަރާތުން އިމްޕްލިމެންޓޭޝަން އޭޖެންސީއެއް ހޯދުމަށް ފޮނުވާފައިވަނީ ސެޕްޓެމްބަރު މަހު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ސައިކަލަށް ވަކިން ލޭނެއް އެޅުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރެވޭނެ ހުރިހާ ގޮތެއް ބެލިފައިވެއެވެ. ބްރިޖްގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް، 40 މެމްބަރުން ހިމެނޭ ބްރިޖް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، ސައިކަލު ދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިއެވެ. ނަމަވެސް ހެވީ ވެހިކަލްއާއި ސައިކަލު ލޭނެއް އޮއްވައި ވަކިން އެ އިންތިޒާމު ހަމަޖެއްސޭނެ ގޮތެއް ނެތްކަން ފާހަގަކުރެވުނެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އެ މަޝްވަރާތަކަށްފަހު ރައީސް ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ސައިކަލު ވަކި ލޭނަކަށް ބަދަލު ކުރުމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ކަމަކަށް އެއްވެސް ވަޒީރަކު ދެކޮޅު ހެދުމަށް ބޭނުން ނުވާތީ، އެ ލޭނުގައި ސައިކަލު ދުއްވޭތޯ ބަލާފައިވާނެ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.



