ނުކުޅެދޭ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަން ފަށައިފި
ނުކުޅެދޭ މީހުންނަށް ކުރިން ދިމާވި ވަޒީފާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުަމުންދާ ކަމަށް ސޯޝަލް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާތައް ހޯދައިދިނުމަށް ޚާއްޞަ ބައްދަލުވުމެއް އެ މިނިސްޓްރީން ބާއްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ނުކުޅެދޭ މީހުންނަށް ވަޒީފާގައި ދިމާވާ ދަތިތައް ބަލައި، އެކަށޭނަ ވަޒީފާތައް ހޯދައިދިނުމަށާއި، ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަސައްކަތްކުރާ ތަންތަނަކީ ނުކުޅެދޭ މީހުންނަށް ފަސޭހައިން ވަދެނުކުމެވޭ ތަންތަން ކަމުގައި ހެދުމަށްވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ނުކުޅެދޭ މީހުން ވަޒީފާއަށް ނެގުމުގެ ކުރިން އެތަނެއްގެ މާހައުލު ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ނުކުޅެދޭ މީހުންގެ މަޢުލޫމާތު ރައްކާކުރުމަށް އައު ނިޒާމެއް ހަދަމުންދާ ކަމަށާއި، މިއިން ވަޒީފާ ދިނުމުގެ ކަންކަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.



