ޕޯޗުގަލްގެ އުތުރު ސަރަހައްދަކަށް އަލިފާންނިއްވުމުގައި ހަރަކާތްތެރިވާ ހެލޮކޮޕްތަރެއް ވެއްޓި ފަސް ފުލުހުން ގެއްލިއްޖެއެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފުލުހުންނަކީ އަލިފާން ނިއްވާ ޓީމެއްގައި ހަރަކާތްތެރިވާ ފުލުުހުންނެވެ.
ފަތުރުވެރިން ގޮވައިގެން ދިޔަ ބަޔަކު ވަނީ ޕޯޓޯގެ ކޯރުތެރެއަށް ވެއްޓުނު ހެލިކޮޕްތަރުގެ ޕައިލެޓް ސަލާމަތް ކޮށްފައެވެ.
ގެއްލުނު ފުލުހުން ހޯދުމަށްޓަކައި ރެސްކިއު ޓީމު ތަކުން މިހާރު މަސައްކަތް ކުރަމުންދާއިރު ކޯރުތެރޭގައި ކިސަޑު ގިނަވުމުގެ ސަބަބުން ޑައިވަރުންނަށް ދަތިތަކާއި ދިމާވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހެލިކޮޕްޓަރު ފެނިފައިނުވާއިރު ސަލާމަތްވި ޕައިލެޓަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ޕޯޗުގަލްގެ ނޫސްތަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ.




