ވެނިސް ފިލްމު ފެސްޓިވަލުގައި ހޮލިވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީ ދިމާނުވާނެ ގޮތަށް ހަމަޖައްސާފައިވާކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފިއެވެ. މީގެ އިތުރުން، ވިލް ސްމިތު އާއި ޖެޑާ ސްމިތު ވެސް ދިމާނުވާނެ ގޮތަށް ހަމަޖައްސާފައިވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ފެސްޓިވަލުގެ ތާވަލަށް ބަލާއިރު، އެންޖެލީނާ ޖޯލީ ފެސްޓިވަލަށް ގޮސް، ކޮލަރާޑޯއަށް ފުރާނެ ކަމަށާއި، ބްރެޑް ޕިޓް މާދަމާ ވެނިސްއަށް ދާނެ ކަމަށް ބުނެފައިވެއެވެ. އެންޖެލީނާ ފެސްޓިވަލުގައި ބައިވެރިވަނީ "މާރިއާ" ފިލްމު ޕްރޮމޯޓްކުރުމަށް ކަމަށާއި، ބްރެޑް ބައިވެރިވަނީ "ވޮލްފްސް" ފިލްމު ޕްރޮމޯޓްކުރުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ރޫޅުނީ 2019 ވަނަ އަހަރުގައެވެ. އެ ދެމަފިރިން ކައިވެނިކޮށްގެން އުޅުނީ 5 އަހަރު ދުވަހުއެވެ. ކައިވެނި ރޫޅުމަށްފަހު ދަރިންގެ ބެލެނިވެރިކަމުގެ މައްސަލައިގައި ބޮޑެތި ޚިލާފުތައް އުފެދިފައިވާކަން ފާހަގަކުރެވެއެވެ. އެ ދެމަފިރިންނަށް 6 ދަރިން ލިބިފައިވެއެވެ.
މި ދެ ތަރިން ދިމާނުވާނެ ގޮތަށް ފެސްޓިވަލްގެ ތާވަލު ރޭވިފައިވުމަކީ، އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ނާޒުކުކަން ދައްކުވައިދޭ ކަމެއް ކަމަށް ބެލެވެއެވެ.



