އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ޣައްޒާއަށް އަރައި އެ ސިޓީގެ ދެކުނުގައި ހިންގި ޤަތުލުޢާންމު ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން ހުއްޓާލައިފިކަން އިޢުލާން ކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދެކުނުގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރޭގައި 250 އަށް ވުރެ ގިނަ "ޓެރަރިސްޓުން" ނައްތާލައި، ހަމާސްއިން ބޭނުންކުރާ 6 ޓަނަލް ނައްތާލާފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ރަހީނުކުރި ހަ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް އައިޑީއެފް އިން ވަނީ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ސިފައިން ތައްޔާރުވަމުންދަނީ "ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ކުރިއަށް ގެންދިއުމަށެވެ."


