ހަތަރު ޤައުމަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން މިރޭ ވަރުގަދަ ޑްރޯން ހަމަލާތަކެއް އެބަ ދެއެވެ. އެއީ ސައޫދީ އާއި ބަހްރައިންގެ އިތުރުން ކުވެއިތާއި އުރުދުން އަށެވެ.
އީރާނުން ހަމަލާތައް ދެމުން ގެންދަނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިގްތިސާދީ މުހިންމު ބޭސްތަކަށް އަމާޒުކޮށްގެން ކަމަށް އައިއާރްޖީސީގެ މަސްދަރަކުން ބުނެއެވެ.
ސައުދީގެ ޔަންބުގައި ހުންނަ ސަމްރެފް ރިފައިނަރީއަށްވެސް ހަމަލާދީފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިތުރު ތަފްސީލް އަންނަނީ…






