Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 15:43
މާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއް | ފޮޓޯ: ހުލާސާ ނިއުސް
މާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއް | ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

އާ ގާނޫނުގެ ދަށުން އާންމު އެއްގަމު އުޅަނދުފަހަރު އުފެއްދި ތާރީހުން ފެށިގެން ބޭނުންކުރެވޭނީ ގިނަވެގެން 20 އަހަރުގެ މުއްދަތައް. އަދި ގާނޫނާ ހިލާފަށް މަގުހުރަސްކުރާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމާނާކުރުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ބޮޑެތި ޖޫރިމާނާތައް ހިމެނޭ.

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލެވުނު "އެއްގަމު ދަތުރުފަތުރުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އާ ގާނޫނުގެ ދަށުން އަންނާނެ މައިގަނޑު ބަދަލުތައް:

1. އުޅަނދުފަހަރު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު (20 އަހަރު)

Advertisement

Advertisement 1

އާ ގާނޫނުގެ ދަށުން، ހާއްސަ އިސްތިސްނާތަކެއް ފިޔަވައި، އާންމު އެއްގަމު އުޅަނދުފަހަރު އުފެއްދި ތާރީހުން ފެށިގެން ބޭނުންކުރެވޭނީ ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. މިއީ މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތޮއްޖެހުން ކުޑަކުރުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.

2. ގްރޭޓަރ މާލެ ސަރަހައްދަށް ހާއްސަ އޮފީހަކާއި އުޅަނދު ކޮންޓްރޯލްކުރުން

ގްރޭޓަރ މާލެ ސަރަހައްދު "ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ. އަދި 3 އަހަރުގެ މުއްދަތަށް "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ" އޮފީސް އުފައްދައި، މާލެއާއި އެހެނިހެން ސިޓީތަކުގައި ރަޖިސްޓަރީ ކުރެވޭނެ އުޅަނދުގެ އެންމެ ގިނަ އަދަދު ކަނޑައަޅާނެއެވެ.

މީގެ އިތުރުން ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މާލޭގައި ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރަންޖެހޭނެއެވެ.

3. ހިނގާ މީހުންނަށް ހާއްސަ ގަވާއިދުތަކާއި 100 ރުފިޔާގެ ޖޫރިމާނާ

މަގުމަތީގައި ހިނގާ މީހުންނާއި ކަފިހިހުރަސް ބޭނުންކުރުމާ ގުޅޭ ހާއްސަ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. ގާނޫނާ ހިލާފަށް ނުރައްކާތެރިކޮށް މަގުހުރަސްކުރާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމާނާ ކުރެވޭނެއެވެ.

4. ޕޮއިންޓް އުނިކުރުމުގެ ނިޒާމާއި ޖޫރިމާނާ 5,000 ރުފިޔާއަށް އަރައިފިނަމަ ފިޔަވަޅު އެޅުން

  1. ޑީމެރިޓް ޕޮއިންޓް ސިސްޓަމް: ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުން ލައިސަންސުން ޕޮއިންޓް އުނިކުރެވޭ ނިޒާމެއް ތައާރަފުކުރެވޭނެއެވެ.
  2. ލައިސަންސް ހިފެހެއްޓުމާއި އުޅަނދު ޓޯކުރުން: ނުދައްކާ ހުރި ޖޫރިމާނާ ނުވަތަ ފީގެ އަދަދު 5,000 ރުފިޔާއަށް އަރައިފިނަމަ، އަމިއްލައަށް ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ފުލުހުންނަށް އެފަދަ އުޅަނދުފަހަރު ޓޯކުރުމުގެ ބާރު ލިބިގެންވެއެވެ. ޓޯކުރާ އުޅަނދަކަށް 72 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، 30 ދުވަސް ތެރޭގައި ހަވާލުނުވެއްޖެނަމަ ނީލަންކިޔައިގެން ވިއްކާލެވޭނެއެވެ.

5.

ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިގެން ކުރެވޭ ޖޫރިމާނާ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރެވިފައިވެއެވެ. އަދި އެފަދަ ކަމަކުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމާނާއެއް ކުރުމުގެ އިތުރުން ޖިނާއީ ދައުވާ ކުރެވޭނެއެވެ.

6. ބައިނަލްއަގްވާމީ ލައިސަންސް އަދި ބޭރުގެ ލައިސަންސް ބޭނުންކުރުން

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 'އިންޓަނޭޝަނަލް ޑްރައިވިންގ ޕާމިޓް' ދޫކުރަން ފަށާނެއެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކުގެ ސައްހަ ލައިސަންސް އޮންނަ ބޭރުގެ ފަތުރުވެރިންނަށާއި ރެސިޑެންޓުންނަށް، އިތުރު ރާއްޖޭގެ ލައިސަންސެއް ނުނަގާ ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބިގެންދާނެއެވެ.

7. ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު

އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ފީ، އަހަރީ ފީ، އަދި ޓްރެފިކް ޖޫރިމާނާތަކުން ލިބޭ ފައިސާ ޖަމާކުރާނީ ހާއްސަ ފަންޑަކަށެވެ. މި ފަންޑުގެ ފައިސާ ބޭނުންކުރާނީ މަގުމަތީގެ ސަލާމަތާއި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މިއާއެކު، ކުރިން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 2009/5) އާއި މަގުމަތީގައި ހިނގާއުޅުމުގެ ގާނޫނު (ގާނޫނު ނަންބަރު: 78/70) އުވޭނެއެވެ.

އެއްގަމު ދަތުރުފަތުރުގެ ބިލްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

8 މިނެޓު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

12 މިނެޓު ކުރިން - 16:42

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

1 ގަޑިއިރު ކުރިން - 15:12

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

2 ގަޑިއިރު ކުރިން - 14:46

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

20 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

21 ގަޑިއިރު ކުރިން - 19:52