އެމެރިކާއިން ޔުކްރޭނަށް ދިން އެފް-16 ޖެޓް ޔުކްރޭނަށް ގެންދިޔަތާ ހަފްތާއެއް ނުވަނީސް ވެއްޓި ޕައިލެޓު ވެސް މަރުވެއްޖެއެވެ.
ހަނގުރާމަމަތީގެ މި ޖެޓް ވެއްޓުނީ ރަޝިޔާގެ ކޮންޓްރޯލް ބޯޑަރު ކައިރިއަށެވެ. ޔުކްރޭނުގެ އަސްކަރިއްޔާއިން ބުނީ މަރުވީ އެގައުމުގެ އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޕައިލެޓް ކަމަށްވާ މަޝްހޫރު އޮލެކްސީ މެސް އެވެ.
މި ބޯޓު ޔުކްރޭނަށް ލިބުނީ ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފައިޓަރ ޖެޓް އެފް-16 ބޭނުންވާ ކަމަށް ޒެލެންސްކީ އާދޭސްކުރާތާ އެތައް ދުވަހެއް ފަހުންނެވެ. އެތައް ދިގު އިންތިޒާރަކަށް ފަހު ބޯޓު ޔުކްރޭނަށް އައިތާ ހަފްތާއެއްހާ ދުވަސް ފަހުން ހޯމަ ދުވަހު ވެއްޓުމުން ޔުކްރޭންގެ އަސްކަރީ މަސްދަރުތަުކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރަޝިޔާގެ ކޮންޓްރޯލް އޮންނަ ބޯޑަރާއި ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި ކަމަށާއި، މިއީ ރަޝިޔާއިން އެގައުމަށް މިހާތަނަށް ދިން އެންމެ ބޮޑު ވައިގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ފަހަތަށް ޖައްސަން ޔޫކްރޭނުން މަސައްކަތްކުރަމުންދާ ހިރާސް ވަގުތެއްގައި ކުރިމަތިވި ބޮޑު ގެއްލުމެކެވެ.
އެމެރިކާއާއި ހުޅަނގުގެ އެކުވެރި ޤައުމުތަކާއެކު ދިގު މުއްދަތަކަށް މަޝްވަރާކުރުމަށްފަހު ޔޫކްރޭނަށް ލިބުނު އެފް-16ތައް މި ހޫނު މޫސުމުގެ ކުރީކޮޅު ފޯރުކޮށްދީފައިވެއެވެ. 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެޓްތައް އެންމެ ފުރަތަމަ ދޭން ނިންމި ގައުމުތަކުގެ ތެރޭގައި ނެދަލެންޑްސް އާއި ޑެންމާކް ހިމެނޭއިރު، ފަހުން އެމެރިކާއިން ވަނީ އެ މަތިންދާބޯޓު ޓްރާންސްފާ ކުރުމަށް ފެހި ސިގްނަލް ދީފަ އެވެ. އެމެރިކާގެ އެ އިންނަމުމާއެކު ޒެލެންސްކީ އުފާކުރައްވައި އޭރު ވިދާޅުވީ އެފް-16 ލިބުނީ އެތައް ސަތޭކަ ބައްދަލުވުމެއް ބޭއްވުނު ފަހުންނެވެ.
އެމެރިކާއިން އެފް-16 ދިނުމަށް ކުރިން އިންކާރު ކުރިއެވެ. އެއީ ރަޝިއާއާއި ދެކޮޅަށް ބޭނުން ކޮށްފާނެތީވެ ރަޝިއާއިން ފާޅުގައި އެމެރިކާއާއި ދެކޮޅަށް އަޅާފާނެ ފިޔަވަޅަކާއި ނުކުމެދާނެ ނަތީޖާއަކަށްޓަކައެވެ.
ރައީސް ޒެލެންސްކީ ވަނީ ހޯމަ ދުވަހު ރަޝިޔާއިން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ހުއްޓުވުމަށް ޔޫކްރޭންގެ ވައިގެ ސިފައިން ހީވާގިކަމާއެކު ޖެޓްތައް ބޭނުން ކުރަމުން އަންނަކަން އިއުލާން ކުރައްވާފައެވެ. މޫންފިޝް ގެ ނަމުންވެސް މަޝްހޫރު ޕައިލެޓަކީ ހަ މަސް ދުވަހުގެ އަވަސް ޕްރޮގްރާމެއްގެ ދަށުން އެފް-16 އުދުހުމަށް ތަމްރީނު ލިބުނު މަދު ޕައިލެޓުންގެ ތެރެއިން އެކަކެވެ.
އެފް-16 ގެ އަގު 12 މިލިއަން ޑޮލަރާއި 30 މިލިއަން ޑޮލަރާ ދެމެދުގައި އުޅޭއިރު މިއީ ޒަމާނީ ރާޑަރ ސިސްޓަމްތަކާއި އިލެކްޓްރޯނިކް ހަމަލާތައް ވެސް ދެނެގަނެވޭނެކުޅަދާނަ ހަނގުރާމަމަތީ ބޯޓެކެވެ. އޭގެ މަލްޓި ރޯލް ކެޕޭސިޓީތަކުގެ ސަބަބުން ޖެޓަށް ވައިގެ ތެރޭޣައި ބޭނުން ގޮތަކަށަ ހަރަާތްތެރިވެ އުޅެއެވެ. ބޭނުންވާ ޕޮއިނަޓަށް ހަމަލާ ވެސް ދެވެއެވެ. ބިމުގައި ދޭ ހަމަލާ ތަކާއި މިސައިލް އިންޓަސެޕްޝަން ފަދަ އެކި މިޝަންތަކުގައި މި ޖެޓަށް ބައިވެރިވެވޭނެ އެވެ.
އެމެރިކާއާއި ނެދަލެންޑްސް އަދި ހުޅަނގުގެ އެހެން އެކުވެރި ގައުމުތަކުން ވެސް ޔޫކްރޭނަށް އެފް-16 ފޯރުކޮށްދީފައި ވެއެވެ.



