މާލޭގައި މިރޭ، ފުލުހުންނަށް ފިލަން އުޅުނު ފިރިހެނަކު ރަހީނުކުރި އަންހެން މީހާ ސަލާމަތްކޮށް، އެ ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލޭގެ އެޕާޓްމަންޓެއްގައެވެ. ފުލުހުން އެ ސަރަހައްދަށް ދިޔުމުން، ފިރިހެނާ ވަނީ އަންހެނަކު ރަހީނުކޮށްގެން ފިލަން މަސައްކަތްކޮށްފައެވެ.

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން، ގާތްގަނޑަކަށް ދެ ގަޑިއިރުގެ މަސައްކަތަކަށްފަހު، ރަހީނުކުރެވުނު އަންހެން މީހާ ވަނީ ސަލާމަތްކޮށްފައެވެ. އަދި ފިރިހެނާ ވަނީ މިހާރު ހައްޔަރުކުރެވިފައެވެ. މިމައްސަލައިގެ ތަފްސީލެެެއް އަދި ނުލިބެއެވެ