
ދިވެހިން އާންމުކޮށް ދަތުރުކޮށްއުޅޭ ތުރްކިޔޭގެ އިސްތަންބޫލްގައި މިއަދު ހިނގި ނުރައްކާތެރި މެޓްރޯބަސް އެކްސިޑެންޓުގައި ދިވެއްސަކަށް އަނިޔާވިކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ތުރްކިޔޭއަށް މިވަގުތު ވެސް ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ދިވެހިން ގޮސްފައިވާއިރު ހަބަރު ލިބޭ ގޮތުގައި މިއަދު ހިނގި ނުރައްކާތެރި މެޓްރޯ ބަސް އެކްސިޑެންޓުގައި ޒުވާނަކު މަރުވެ 50 މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނުއިރު ދެމީހެއްގެ ހާލު ވަރަށް ކްރިޓިކަލް އެވެ.
މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ މެޓްރޯބަސް ޖެހިގެންނެވެ.
މި ހާދިސާއާ ގުޅޭގޮތުނ ފޮރިން މިނިސްޓްރީގެ އިސްބޭފުޅަކު ބުނީ ދިވެއްސަކަށް އަނިޔާވެގެން އަދި ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.



