ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ވަޒީރުންގެ ލަފާ ބަދަލުކުރުމަށް ކެރިވަޑައިގަންނަވާ ލީޑަރެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ލޭނު މަސްވެރިކަން ކުރުމަށް ވަޒީރުން ދެއްވާފައިވާ ލަފާފުޅަށް އެމަނިކުފަާނު މިއަދު ނޫނެކޭ ވިދާޅުވެ އެކަން އިޢުލާން ކުރެއްވުމާއި ގުޅިގެންނެވެ.

ފާއިތުވި ދުވަސްތަކުގައި ވަޒީރުންގެ މަޖިލީހުން ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި، މަސްވެރިކަމާ ބެހޭ ވުޒާރާއިން މިކަމަށް ގަވާއިދެއް އެކުލަވާލާފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ރައީސް މުޢިއްޒު ވަނީ ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ނިންމަވާފައެވެ. މިކަމަކީވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވުމުގެ ގޮތުން ރައީސް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.



