ފޮސިލް ފިއުލްތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ދުނިޔޭގެއެކި ގައުމުތަކުގައި 69 ނިއުކްލިއާ ރިއެކްޓަރު ތަރައްގީ ކުރަމުން އެބަ ދެއެވެ. 74،925 މެގަވޮޓްގެ ކެޕޭސިޓީއާއެކު މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ސަބަބުން އިންޖީނުގެތަކަށް ނިއުކްލިއާ ހަކަތަގެ ފޯރުކޮށްދިނުން ވަރަށް ބޮޑަށް އިތުރުވާނެއެވެ.

ޗައިނާ
ޗައިނާގައި 30 ނިއުކްލިއަރ ރިއެކްޓަރ ހަދަމުންދާއިރު އޭގެ ކެޕޭސިޓީއަކީ 33،904 މެގަވޮޓްގެ އެވެ. މިއީ ދުނިޔޭގެ ނިއުކްލިއަރ ހަކަތަ ދާއިރާގެ މުހިއްމު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ.
އިންޑިއާ
އިންޑީއާގައި ޖުމްލަ 5،900 މެގަވޮޓްގެ ހަތް ރިއެކްޓަރެއް ހަދަމުން އެބަ ދެއެވެ. މިއީ ހަކަތައަށް ބޭނުންވާ މިންވަރު އިތުރުކުރުމަށް މުހިންމު ކަމެކެވެ.
އީރާން
އީރާނުން ދަނީ ނިއުކްލިއާ އުންމީދުތަކާ މެދު ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، 6،357 މެގަވޮޓްގެ ބާރު ފޯރުކޮށްދޭ ހަ ރިއެކްޓަރ އިތުރުކުރަމުންނެވެ.
ތުރުކިޔޭ އާއި މިސްރު
މި ދެގައުމުން ކޮންމެ ގައުމެއްގައިވެސް ހަތަރު ރިއެކްޓަރެއް ހަދަމުންދާއިރު، ކޮންމެ ރިއެކްޓަރެއްގެ ކެޕޭސިޓީއަކީ 4،800 މެގަވޮޓް ކަމަށް ލަފާކުރެވެއެވެ.
އެހެން ގައުމުތަކުގައި 18 ރިއެކްޓަރު ހަދަމުންދާއިރު، މިއީ ނިއުކްލިއާ ހަކަތައާ ދިމާލަށް ދުނިޔެ މިސްރާބު ޖަހާފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ނިއުކްލިއާ ހަކަތަ ފުޅާކުރުމުން ޚާއްސަކޮށް ދުނިޔޭގެ ތިމާވެށްޓާއި ހަކަތައާ ގުޅޭ ގޮންޖެހުންތައް ހައްލުކުރުމުގައި ބޮޑެތި ފައިދާތަކެއް ލިބެ އެވެ. ނިއުކްލިއާ އިންޖީނުގެތައް ހިންގަމުންދާއިރު ކާބަން ޑައިއޮކްސައިޑް ދޫނުކުރާތީ، ދުނިޔެ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ގްރީން ހައުސް ގޭސް ދޫކުރުން މަދުކުރުމަށް އެއީ ވަރަށް މުހިންމު ހައްލެކެވެ. އަދި ގިނަ ގައުމުތަކުން ދަނީ އިމްޕޯޓް ކުރާ ފޮސިލް ފިއުލްތަކަށް ބަރޯސާވުން މަދުކޮށް ހަކަތަގެ ރައްކާތެރިކަން އިތުރުކުރުމަށް ނިއުކްލިއާ ހަކަތައަށް އެނބުރެމުންނެވެ. ނިއުކްލިއަރ ހަކަތައަކީ މެދުނުކެނޑި ހިނގާ ސްޓޭބަލް ބޭސް ލޯޑް އޮފް ޕަވަރ އެއް ފޯރުކޮށްދޭ އެއްޗަކަށް ވާއިރު، މިއީ ސޯލާ އަދި ވިންޑް ފަދަ އިއާދަކުރަނިވި ހަކަތައަށް އިތުބާރު ހުރި ކޮމްޕްލިމެންޓެކެވެ. މީގެ އިތުރުން ކުދި މޮޑިއުލާ ރިއެކްޓަރސް (އެސްއެމްއާރު) އުފެއްދުން ފަދަ ނިއުކްލިއަރ ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ކުރިއަށް އޮތްތަނުގައި ރިއެކްޓަރުތައް ރައްކާތެރިވެފައި ފަސޭހަވެ އަދި އަދި ޚަރަދު ކުޑަވާނެއެވެ.



