Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ: ތިމާވެއްޓާއި ބެހޭ ވުޒާރާ

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 7 ޖުލައި 2026 18:03
ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް އަހަމަދު މުރުތަޟާ ނޫސްވެރިންގެ ބައްދަލުވުމުގައި/ ފޮޓޯ: ރައީސް އޮފީސް
ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް އަހަމަދު މުރުތަޟާ ނޫސްވެރިންގެ ބައްދަލުވުމުގައި/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ދިރިއުޅޭ ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1.4 ކިލޯގްރާމްގެ ކުނި އުފައްދާ ކަމަށާއި އަދި އާދައިގެ ރަށްރަށުގައި މީހަކު ދުވާލަކު 800 ގުރާމްގެ ކުނި އުފައްދާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ކޮންމެ ފަތުރުވެރިއަކު ދުވާލަކު 3.5 ކިލޯގްރާމްގެ ކުނި އުފައްދާކަން މުރުތަޟާ ފާހަގަކުރެއްވި.

ދިވެހިރާއްޖޭގައި އަހަރަކު އުފައްދާ ކުނީގެ މިންވަރު 517،000 ޓަނަށް ވުރެ އިތުރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވޭސްޓް މެނޭޖްމެންޓްގެ ޑިރެކްޓަރު ޖެނެރަލް އަހަމަދު މުރުތަޟާ ވިދާޅުވީ، ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ދިރިއުޅޭ ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1.4 ކިލޯގްރާމްގެ ކުނި އުފައްދާ ކަމަށެވެ. އަދި އާދައިގެ ރަށްރަށުގައި މީހަކު ދުވާލަކު 800 ގުރާމްގެ ކުނި އުފައްދާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ކޮންމެ ފަތުރުވެރިއަކު ދުވާލަކު 3.5 ކިލޯގްރާމްގެ ކުނި އުފައްދާކަން މުރުތަޟާ ފާހަގަކުރެއްވި އެވެ. މިއީ އާންމު ރައްޔިތަކު އުފައްދާ ކުނީގެ ތިން ގުނަ އިތުރު މިންވަރެކެވެ.

މުރުތަޟާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކުނި އުފެދޭ ނިސްބަތް އަހަރަކު ގާތްގަނޑަކަށް %9 އިތުރުވަމުންދެ އެވެ. "މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ސައިޒަށް ބަލާފައި ދާއިމީ ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވާންޖެހޭ ފަދަ މައްސަލައެއް،" ވިދާޅުވިއެވެ.

Advertisement

Advertisement 1

ރާއްޖޭގެ ޖިއޮގްރަފީ އޮތް ގޮތުން ކުނި މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން، ކުނި އުފުލުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވުޒާރާއިން ބުންޏެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ވަނީ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފަ އެވެ. މި އޮނިގަނޑުގެ ދަށުން ހަތަރު މައިގަނޑު ގަވާއިދެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ. އެއީ:

  1. ކުނި މެނޭޖުކުރުމުގެ އާންމު ގަވާއިދު.
  2. ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު.
  3. ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭ ގަވާއިދު.
  4. އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީއާ ބެހޭ ގަވާއިދު.

މުރުތަޟާ އިތުރަށް ވިދާޅުވީ، އައު ގާނޫނާއެކު ކައުންސިލްތަކާއި، މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކުން ކުރަންޖެހޭ ކަންކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިން މަގުމަތިން ގިނަ އަދަދަކަށް ފެންނަ ޕްލާސްޓިކް ސުޕާރީ ޕެކެޓް ފަދަ ތަކެތި މިހާރު ފެންނަ މިންވަރު މަދުވެފައިވާކަން މުރުތަޟާ ފާހަގަކުރެއްވި އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް