ޗައިނާގެ އެހީތެރިކަމާއެކު މިހާރު އަފްޣާނިސްތާނު ގައި ކުރިއަށް ގެންދާ ބިމުން މަޢްދަން ހޯދުމުގެ މަސައްކަތުގެ ތެރޭގައި 3 ޓްރިލިޔަން ޑޮލަރުގެ މަޢްދަން ( އެކި ބާވަތުގެ ޚަޒާނާ ) ފަރުބަދަތަކުން ފެނިއްޖެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގުދުރަތީ ވަޞީލަތްތައް އޮތް އަފްޣާނިސްތާނުން ފެނުނު މަޢްދަނުގެ ތެރޭގައި ލީތަމް އާއި ކޯއޭ ، ބާކްސައިޓް، ހިމެނޭކަމަށްވެއެވެ.
ލީތަމް އަކީ މޯބައިލް ފޯނުގެ ބެޓެރި އާއި ގިނައިރު ބެޓެރި ހިފަހައްޓައިދޭ އިލޮކްޓްރޯނިކް ތަކެތި އުފެއްދުމަށް ބޭނުންކުރާ މާއްދާ އެކެވެ. މި ޚަޒާނާތައް ފެނުމުން އަފްޣާނިސްތާނަކީ ދެވަނަ ސަޢޫދީ އަށް ވާނެކަމަށާއި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމަކަށް ވެދާނެކަމަށް ސަރވޭޓީމުން ލަފާކުރާކަމަށްވެއެވެ.



