ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރެވޭނެކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ.ކުޑަހުވަދޫގައި ސްމާޓް މީޓަރު އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވި ގޮތުގައި ކުޑަހުވަދޫގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ގެނައި އިންގިލާބީ ކުރިއެރުމެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސްމާޓް މީޓަރުތަކުން ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތަކާއި އެއް ދުވަސްތެރޭ ކަރަންޓު ބޭނުން ކުރެވެނީ ކިހާ އަދަދެއް ކަން ވެސް ބެލޭނެއެވެ. އަދި އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ހަކަތަ އިގްތިސާދު ކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށާއި، ކަރަންޓު ލީކެއް އުޅޭ ނަމަ އެކަން ސްމާޓް މީޓަރުން ދެނެގަންނަން ފަސޭހަ ވާނެއެވެ.
ފެނަކައިގެ ކުރީގެ އެމްޑީގެ ދުވަސްވަރު އަޖުމަ ބަލާލުމަށްޓަކައި ފެށި މި ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެށްޓާއި ބެހޭވަޒީރު ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަޝްރޫޢެއް ކަމަށާއި، ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގައި މިމަޝްރޫއު ނިންމުމަކީ ފެނަކައާއި ސްޓެލްކޯގެ އަމާޒެކެވެ.



