ޖަޕާނުގެ ދެކުނަށް މިސްރާބު ޖަހާފައިވާ ބާރުގަދަ ތޫފާން "ޝަންޝާން" ގެ ސަބަބުން އެ ޤައުމުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެއެވެ.
މޫސުމާބެހޭ އިދާރާތަކުން މަޢުލޫމާތު ދޭގޮތުގައި މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ބުލެޓް ރޭލާއި ވައިގެ ދަތުރުފަތުރަށް ވަނީ އަސަރުކޮށްފައެވެ.
ތޫފާނުގެ ސަބަބުން ބައެއް ރޭލު ދަތުރުތައް މެދުކެނޑުނު ނަމަވެސް، ފަހުން ވަނީ އަލުން ފަށާފައެވެ. އަދި ޖަޕާން އެއާލައިންސްއިން ވަނީ 122 ފްލައިޓް ކެންސަލްކުރުމަށް ނިންމާފައެވެ.
މީގެ އިތުރުން، ބިންގަނޑު ކަނޑައިގެން ގޮސް، އުސް ރާޅު އެރުމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ނުރައްކާތެރި ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި މި ތޫފާން ހަފުތާ ފަހުކޮޅު ކިއުޝޫއާ ދިމާލަށް ދާނެއެވެ. އެހެންކަމުން، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ސަމާލުވުމަށް އިރުޝާދު ދީފައެވެ.



