ގއ. ކޮލަމާފުށިން 28 ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލް އިދާރާއިން ނެރެފައިވާ އިޢުލާނުގައިވާ ގޮތުން، ގޯއްޗަށް އެދެވޭނީ 18 އަހަރުން މަތީގެ ކޮލަމާފުށީ މީހުންނަށް އެކަންޏެވެ. އަދި ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތް ފަރާތްތަކަށެވެ.
ކައުންސިލުން ދޫކުރަން ނިންމާފައިވަނީ 1500 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދުގެ 28 ގޯތި ކަމަށް އިޢުލާނުގައި ވެއެވެ.
ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
މި ގޯތިތައް ދޫކުރުމުގެ ސަބަބުން ގޯތި ނުލިބި ކިޔޫގައި ތިބި މީހުންނަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



