މިމަހުގެ 25 ވަނަ ދުވަހު އެއާޕޯޓުން ހިފެހެއްޓި ބަންގްލަދޭޝަގެ 32 އަހަރުގެ ފިރިހެނެއްކަމަށްވާ ޝަހްމިން އިސްލާމް ޝަގުރް އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މހާރު ވަނީ ހޯމްމިނިސްތްރީގެ ކަސްޓޯޑިއަލް ޖަލުގައެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވާއިރު ، ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ. މި 15 ދުވަސްތެރޭ ތަހުގީގުގެ މަރުހަލާތައް ނިމި ބަޔާންތައް ޕީޖީއަށް ފޮނުވުމަށްފަހު އޭނާގެ ޝަރީއަތް ފަށާނެއެވެ. ތަހުގީގުގައި އިތުރު ކަމެއް ފުރިހަމަކުރަން އޮތްނަމަ ބަންދުގެ މުއްދަތު އިތުރު ކުރާނީ ގާޟީއަށް ފެނިއްޖެ ހިނދެއްގައެވެ.
އޭނާ ހައްޔަރުކުރި ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އެ ފަސިންޖަރު ޑޮލަރުތައް ފޮރުވާފައިވަނީ ކޯންފްލެކްސް ޕެކެޓެއްގައި ބޮޑިބޮޑިއަށެވެ. އޭގެ ތެރޭގައި 80،000 އަށްވުރެ ގިނަ ޑޮލަރު ހުރި އެއީ އެކި މީސްމީހުން އޭޏާއާއި ހަވާލުކުރި ޑޮލަރު ކަމަށް އެ ޑޮލަރުތަކުގައި ނަން ޖަހާފައި ވުމުން އެނގެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިފެހެއްޓި ބަންގްލަދޭޝްގެ ޝަހްމިން އިސްލާމް ޝަގުރް ދާން ހަމަޖެހިފައި އޮތީ ޑާކާ އަށެވެ. އޭނާގެ ލަގެޖުން ޖުމްލަ ފެނުނީ 81,030 އެމެރިކާ ޑޮލަރެވެ.



