ގޮނޑިއަކީ ޕީއެންސީ ޕީޕީއެމްގެ ގޮނޑިއަކަށް ވިޔަސް، ދާއިރާގެ އެއްވެސް ޢާއިލާއެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށް ގެމަނަފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު އަސަދު ވިދާޅުވެއްޖެ އެވެ.
ގެމަނަފުށީ ދާއިރާގެ ކާމިޔާބު ފާހަގަކުރަމުން މިރޭ ދެއްވަދޫގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އަސަދު ދެއްވި ޔަޤީން ކަމަކީ އޭނާއަށް ދާއިރާގެ ރައްޔިތުން ކުރެއްވި އިތުބާރު ދެމިއޮންނާނެ ކަމަށެވެ.


