ޓެލެގްރާމް ޕްލެޓްފޯމްގެ ބާނީ ޕަވެލް ޑޫރޯވް ފްރާންސްގައި ހައްޔަރު ކުރުމާއި ގުޅިގެން ޓެލެގްރާމްގައި ހުރި މެސެޖުތައް ޑިލީޓް ކުރުމަށް ރަޝިއާގެ ރައީސް ވްލަދްމީރް ޕޫޓިން އެގައުމުގެ އޮފިޝަލުންނަށް އަންގައިފި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ އޮފިޝަލުންނަށް ޓެލެގްރާމް އެޕްގެ މަސައްކަތާ ގުޅުން ހުރި ހުރިހާ މެސެޖެއް ޑިލީޓް ކުރުމަށް އަންގާފައި ވަނީ ރަޝިޔާގެ ސަލާމަތީ ވަސީލަތްތަކާ ގުޅިފައިވާ ޓެލެގްރާމް ޗެނަލަކުންނެވެ. މި އަމުރު ނެރެފައިވަނީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނާއި ވިޔަފާރިވެރިންނާއި ސަލާމަތީ އެކި އިދާރާތަކުގެ އޮފިސަރުންނެވެ. ޓެލެގްރާމް ވެފައިވަނީ ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވި ރަޝިޔާގެ އަސްކަރީ ކޮމާންޑް ޔުނިޓްތަކަށް މުވާސަލާތީ މުހިންމު ވަސީލަތަކަށެވެ. ޑޫރޯވް ހައްޔަރު ކުރުމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ މައްސަލަތައް ޓެލެގްރާމް އިން ބެލެހެއްޓުމާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެއްބާރުލުން ދިނުމާ ގުޅޭ ތަހުގީގެއްގެ ބައެކެވެ.
ފްރާންސް ސަރުކާރުން ބުނީ މި ހައްޔަރު ކުރުމަކީ ފަހަރެއްގައިވެސް ސިޔާސީ ކަމެއް ނޫނެވެ.
މެކޮރޮން ސަރުކާރުން އެހެން ބުނި ކަމުގައިވިޔަސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔުކްރޭނު ހަނގުރާމައިގެ ބައެއް މުއާމަލާތްތައް ރަޝިއާއިން ހިންގަނީ ޓެލެގުރާމް ޗެނަލްތަކުން ކަމަށް ވާއިރު، ހުޅަނގުގެ ގައުމުތަކަށް ޓެލެގްރާމް ޖަވާބުދާރީ ކުރުވުމަކީ މުހިއްމު ކަމެކެވެ.



