ބީ.އެމް.އެލް ސީ.އީ.އޯ އިސްތިއުފާ ދެއްވުމަށް މިނިސްޓަރ އަހުމަދު ޝިޔާމް ގޮވައިފިއެވެ.
ފިޝަރީޒް މިނިސްޓަރ މިގޮތަށް ގޮވާލެއްވީ ހޯމަ ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ބޭންކުގެސީއިއޯ އިސްތިއުފާ ދެއްވުމަށް ޝިޔާމް ގޮވާލެއްވީ ސަރުކާރަށް ނޭނގި ސަރުކާރުގެ މައި ހިއްސާ އޮތް އެ ބޭންކުން ޑޮލަރު ލިމިޓް އުވާި މައްސަލައާއި ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމީ ބޭންކްގެ ޒިންމާ ދިވެހި ރައްޔިތުންގެ މައްޗަށް ހުންނާނެ ކަމަށާއި، އިރު އަރާފައި ދިވެހި ރައްޔިތުންގެ ކަރުގައި ހިފޭނެ ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ ރައްޔިތުން އާމްދަނީ ހޯދަމުންދާ މައިގަނޑު ވަސީލަތަކީ ބޭންކް ކަމަށާއި، ކުދި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ބޭންކުގެ ކާޑުގެ ޑޮލަރު ލިމިޓަށް ބަރޯސާވެފައިވާ ކަމަށެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުގެ ނުރުހުމާއެކު މިފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށާއި، އެއީ ބަޣާވާތުގައި ބައިވެރިވުން ކަމުގައިވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.



