އިދިކޮޅު ސިޔާސީ ފަރާތްތަކުން މިސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ،
އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ސަރުކާރާއި މަޝްވަރާ ކުރުމެއް ނެތި، ޑޮލަރު ލިމިޓް ކުރުމާއި ގުޅިގެން ހަމަ އެވަގުތު ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިއެވެ. އަދި ވަރަށް ގިނަ ބޮޓް އެކައުންޓް ތަކުން ސޯޝަލް މީޑިއާގައި ސަރުކާރާއި ދެކޮލަށް ޝިއާރުތައް ނެރެ މިސަރުކާރު ބަޣާވާތަކުން ވައްޓާލަން ރޭވުންތައް ރާވަމުންދާތީވެ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް މިހާރު މައްސަލަ ތަހުގީގުކުރަން ފަށައިފިކަމަށް އިޢުލާން ކޮށްފިއެވެ.
ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނުގައި ވަނީ ''ޤާނޫނީ ސަރުކާރެއް ޣައިރުޤާނޫނީ ގޮތުން ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ"




