ޢެމް.ފީ.އެލް އިން މިހަފްތާގައި 1718 ޓީ.އީ.ޔޫސް ކްލިއާ ކޮށްފިެވެ.. ކޮންޓެއިނަރު އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ޖުމްލަ 1,718 ޓީއީޔޫ ކްލިއަރކުރެވުނެވެ. މީގެ ތެރޭގައި 606 ވިހިފޫޓުގެ ކޮންޓެއިނަރާއި 556 ސާޅީސްފޫޓުގެ ކޮންޓެއިނަރު ހިމެނެއެވެ. އަދި ފަސް ކޮންޓެއިނަރު އުޅަނދާއި ހަތަރު އާންމު/ފަނާވެދާފަދަ މުދާ އުފުލާ އުޅަނދުގައި ޖުމްލަ 3,319 ކޮންޓެއިނަރު ޕްރޮސެސްކުރެވުނެވެ.
މުދާ ބެލެހެއްޓުމުގެ ދާއިރާއިން 14,935 ޕެކޭޖު ޕްރޮސެސްކުރެވުނު އިރު، 2,089 ޓީއީޔޫ އަރުވައި ބޭލުމަށް ބެލެހެއްޓުނެވެ. އަދި 945 ޓީއީޔޫ ބަނދަރުގެ ތެރޭގައި ބަދަލުކުރެވުނެވެ.
އެމްޕީއެލްގެ ރިޕޯޓުގައި ވަނީ މިދިޔަ ހަފްތާގައި ހަލާކުވެދާނެ މުދާ ކްލިއަރކުރުމުގެ ތެރެއިން 79,798 ފޮށި ލޮނުމެދު، 10,708 ފޮށި ބިސް، 4,828 ފޮށި ކަރާ، 3,253 ފޮށި އަލުވި، 2,716 ފޮށި ޓޮމާޓޯ، 1,678 ފޮށި އަނަނާސް، 1,829 ފޮށި ބަށި އަދި 1,778 ފޮށި ކޭލާ ކްލިއަރކުރެވުނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އިނގުރު، އެކި ބާވަތުގެ މޭވާ އަދި ހޫނު ސަރަޙައްދުތަކުގެ މޭވާވެސް ކްލިއަރކުރެވުނެވެ.


