ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރުގައި، ޚާއްޞަކޮށް ކާބޯހައިޑްރޭޓްސް މަދުކޮށް (ލޯ-ކާބް) ކެއުން ބައްޓަންކުރާ ފަރާތްތަކުގެ މެދުގައި "ޗެފްލް" އަކީ މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބާވަތެކެވެ. ޗީޒް އަދި ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ މި ވޭފްލްއަކީ އޭގެ މަޑުކަމާއި ބޭރުފުށުގެ މުރަނަކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ކެއުމެކެވެ.
މިފަހަރު މި ގެނެސްދެނީ ޗެޑާ ޗީޒާއި، ފިޔާ ފަތް އަދި ޕާސްލީ ބޭނުންކޮށްގެން ތަފާތު ރަހައެއް އެކުލެވޭ ގޮތަށް މި ބާވަތް ތައްޔާރުކުރާނެ ގޮތެވެ. މިކަމަށް އެންމެ ރަނގަޅީ ކުދިކޮށް ގާނާފައިވާ ޗީޒް ބޭނުންކުރުމެވެ. އޭރުން ބިހާއި ޗީޒް އެއްކޮށްލާއިރު މާ ބޮޑަށް އޮމާންވެފައި، ޗެފްލްތައް މާ ބޮޑަށް މަޑުވާނެ އެވެ.
ބޭނުންވާ ތަކެތި:
- 4 ބިސް
- 2 ޖޯޑު ހިމުންކޮށް ގާނާފައިވާ ޗެޑާ ޗީޒް
- 2 ފިޔާފަތް (ތުނިކޮށް ކޮށާފައި)
- 1 ސަމްސާ ތާޒާ ޕާސްލީ (ހިމުންކޮށް ކޮށާފައި)
- ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)
- އަންސޯލްޓަޑް ބަޓަރު (ސާވް ކުރާއިރު ބޭނުންކުރުމަށް)
- ޝުގަފްރީ މޭޕަލް ސިރަޕް (ސާވް ކުރާއިރު ބޭނުންކުރުމަށް)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ވޭފްލް އައިރަން މެދު މިންވަރަކަށް ހޫނުކޮށްލާށެވެ. ތަށްޓެއްގެ ތެރެއަށް ބިސްތައް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އޭގެ ތެރެއަށް ޗީޒް، ފިޔާފަތް، ޕާސްލީ، ލޮނު އަދި އަސޭމިރުސް އަޅައިގެން އެއްކޮށްލާށެވެ.
ދެން ވޭފްލް އައިރަންގައި ތެޔޮ ސްޕްރޭ ޖެހުމަށްފަހު، ތައްޔާރުކުރި ސާމާނުން 1/4 ޖޯޑު ކޮންމެ ބަޔަކަށް އަޅާށެވެ. މަތި ބަންދުކުރުމަށްފަހު 4 އާއި 5 މިނެޓާ ދެމެދު، ރަން މުށިކުލަ އަރައި މަޑުވަންދެން ކައްކާލާށެވެ.
ކައްކައި ނިމުމުން ތަށީގައި އަތުރާލާފައި، މައްޗަށް ބަޓަރުކޮޅެއް ލުމަށްފަހު މޭޕަލް ސިރަޕް އަޅައިގެން ހޫނުކޮށް ހުއްޓާ ސާވްކުރާށެވެ. މިއީ ސިއްހަތަށް ފައިދާހުރި، ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިބިދޭނެ މީރު ކެއުމެކެވެ.










