ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު އޮތް ކަމުގެ މަޝްވަރާތައް ޤާހިރާގައި ނިންމާލީ އެއްބަސްވުމަކާ ނުލައި ކަމަށް މިސްރުގެ ސަލާމަތީ ދެ މަސްދަރަކުން ބުނެފިއެވެ. "މީޑިއޭޓަރުން ކޮމްޕްރޮމައިޒް ޕްރޮޕޯސަލްތަކެއް ހުށަހެޅި ނަމަވެސް އިސްރާއީލުން އެކަންކަން ބަލައިނުގަތުމުން ހާލަތު ހައްލެއް ނުވި" މަސްދަރަކުން ބުންޏެވެ.
މީގެ ކުރިން ޤާހިރާގެ މަޝްވަރާތަކުގައި ބައިވެރިވި ހަމާސްއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ގެންގުޅޭ ސްޓޭންޑް ޚުލާޞާކޮށް ބަޔާންތަކެއް ނެރެފައެވެ.
ހަމާސްއިން ވަނީ ފަލަސްތީނުގެ މަސްލަހަތު ހިމާޔަތްކޮށް، އެމީހުންނާ ދެކޮޅަށް ކުރާ އަނިޔާތަކަށް ނިމުމެއް ގެނައުމަށްޓަކައި މި އެއްބަސްވުންތައް ތަންފީޒު ކުރަން ބޭނުންވާކަން ކަށަވަރުކޮށްދީފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ކޮންމެ އެއްބަސްވުމެއްގައި ވެސް ދާއިމީ ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ ސިފައިން ޣައްޒާއިން މުޅިން ފައިބަން ޖެހޭނެ ކަމަށް ވެސް އެ ޖަމާއަތުން ފާހަގަކުރި އެވެ.
މީގެ އިތުރުން ޣައްޒާގެ ރައްޔިތުން އެނބުރި އައުމުގެ މިނިވަންކަމަށް ހައްލެއް ހޯދުމާއި، ލުއިތަކާއި އަލުން ގެދޮރު ބިނާކުރުމުގެ މަސައްކަތްތައް ކުރުމާއި، ފުރިހަމަ އެއްބަސްވުމެއްގެ ތެރެއިން ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ހޯދުމުގެ މުހިންމުކަން ހަމާސްއިން ފާހަގަކުރިއެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކަށް އިސްރާއީލުން އެގްރީމެންތެއް ހެދުމަށް އެއްބަސް ނުވުމުން ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި މަޝްވަރާތައް ނިމިގެން ދިޔައީއެވެ. ޣައްޒާގެ ހާލަތު ގޯސްވެ، މުސްލިމުންނަށް އަމާންކަން ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތިގެންނެވެ.



