ރައީސަށް އޮތް ތާއީދު އިތުރުވެގެން މިދަނީ ބަސްފުޅާއި ޢަމަލުފުޅު އެއްގޮތްވީމަ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި އެކްސްގައި ވިދާޅުވީ، ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ވޯޓު ދެއްވީ އެމަނިކުފާނަކީ ޤައުމު ދެކެ ލޯބިވާ އަދި އެއްވެސް ރައްޔިތަކަށް ދެރައެއް ނުދެއްވާނެ ބޭފުޅެއްކަމުގެ ޔަޤީންކަން އޮތުމުންނެވެ. "އެ ދުވަހުވެސް އަދި މިއަދުވެސް ހަމަ އެމަނިކުފާނު އެހުންނެވީ އެގޮތުގައި."
ރައީސްގެ ފުރިހަމަ އިރުޝާދާއި ލަފާފުޅުގެ މަތިން ރައްޔިތުންނަށް ޚިދުމަތްކުރާނެ ވަރުގަދަ ލަޝްކަރެއް ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އޮތްކަން ކަށަވަރުކުރައްވަމުން ޝައްމާން ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ "މިކަން ސާބިތުވަނީ ނިމިދިޔަ އިންތިޚާބުތަކުންނާއި ބައެއް ފަރާތްތަކުން ރައީސާ ގުޅޭ ގޮތުން ފަތުރާ ދޮގުތަކަށް ރައްޔިތުން އިޖާބަ ނުދޭތީ" އެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް އިންތިޚާބުވުމަށްފަހު މިއަދާއި ހަމަޔަށް އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންތައްތައް އެގެންދަވަނީ ފަހަރަކު ކަމެއް އަކުރުން އަކުރަށް ތަންފީޒު ކުރެއްވުމުގައި އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގެ މާލީ ހާލަތު އަޑިގަނޑެއްގައި އޮއްވާ ވެރިކަމާއި ޙަވާލުވެ، އެ ދަރަނިތައް ދައްކަވައި ޚަލާޞް ކުރެއްވުމަށް ޕްލޭންތައް ހައްދަވަމުން އެގެންދަވަނީ އެންމެ ފައިސާފޮއްޗެއްވެސް ޗާޕު ނުކޮށެވެ. އޭގެ ބަދަލުގައި ބޭރުފައިސާ ރާއްޖޭގައި ތިޔާގި ކުރުމަށްޓަކައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަދަލު ގެނެސްގެން މާލީ ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްގެންނެވެ. މިކަމުގެ އެންމެ ސާފު މަންޒަރަކަީ މިހާރު ޤާއިމްކުރެވެން އުޅޭ ޑިވެލޮޕމެންޓު ބޭންކެވެ. އެ ބޭންކަކީ އިންވެސްތު ހަބަކަށް ވާނެ ބޭންކެކެވެ.



