ޕާކިސްތާނުގެ ސަރަހައްދެއް ކަމަށްވާ ބަލޫޗިސްތާނުގެ އެކި ހިސާބުތަކުގައި ހަތިޔާރު އެޅި ގުރޫޕަކުން ރާވައިގެން ދިން ހަމަލާތަކުގެ ސަބަބުން މަދުވެގެން 22 މީހުން މަރުވެފައިވާ ކަމަށް ހަބަރު ލިބެއެވެ.

ހުކުރު ދުވަހާއި އަންގާރަ ދުވަހުގެ ރެއާ ދެމެދު ފެށި މި ހަމަނުޖެހުންތައް އަމާޒުކޮށްފައި ވަނީ ކުއެޓާ، މަސްޓޫންގް، ކަލާޓް، ލަސްބެލާ، އަދި ގްވާޑާ ފަދަ އެތައް ޑިސްޓްރިކްޓެއްގެ ސެކިއުރިޓީ ފޯސް ކޭމްޕްތަކާއި ލެވީސް ސްޓޭޝަންތަކާއި ޕޮލިސް ސްޓޭޝަންތަކަށެވެ. މިއީ ޕާކިސްތާނު ސަރުކާރާއި ދެކޮޅު ހަތިޔާރު އެޅި ޖަމާއަތްތަކުގެ ޓެރަރިސްްތު ހަމަލާތައް ކަމަށް އެގައުމުގެ ސަރުކާރުން ތުހުމަތު ކުރެއެވެ،
މޫސާ ޚޭލްގައި ހަތިޔާރާއެކު ހަމަލާދިން މީހުން ވަނީ އެން70 ހައިވޭ ބަންދުކޮށް، އުޅަނދުތައް ހުއްޓުވައި، ފަސިންޖަރުންނާއި ޓްރަކް ޑްރައިވަރުން ހިމެނޭ ގޮތަށް 22 މީހަކު މަރާލާފަ އެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ ރާރާ ޝާމް ކައިރިން ކަމަށާއި، ރިޕޯޓްތައް ބުނާ ގޮތުގައި ބަޑިޖަހާފައި ވަނީ ވެހިކަލްތަކުން މީހުން ބޭލުމަށްފަހު އެވެ.
ލެވީސް އާއި ފުލުހުން ހިމެނޭ ގޮތަށް ސަލާމަތީ ބާރުތަކުން ވަނީ ހަމަލާދިން މީހުންގެ ގަޔަށް ބަޑި ޖަހާފައެވެ. ގިނަ އިރުތަކެއް ވަންދެން ދެމިއޮތެވެ. އެންމެ ފަހުން ފަރުބަދަތަކުގެ ތެރެއަށް ވަދެ އެމީުން ފިލާފައިވާ ކަމަށް ހަބަރު ލިބެއެވެ.



