ބީއެމްއެލް، ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ދޫކުރުން ލިމިޓް ކުރަން ނިންމީ ސަރުކާރާއި މަޝްވަރާ ނުކޮށް ކަމަށާއި، އެއީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ބޭނުންފުޅުވެގެން ނިންމެވި ނިންމެވުމެއްކަން ޚުލާސާއަށް އަށް އެނގިއްޖެއެވެ.
ބޭންކުގެ ވަރަށް އިތުބާރު ކުރެވޭ ސީނިއާ މުވައްޒަފަކު ރޭ ފޯނުން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެ ބޭންކުން ޑޮލަރު ލިމިޓް ކުރުމަށް ނިންމީ ސަރުކާރާއި މަޝްވަރާ ކޮށްގެން ނޫން ކަމަށާއި އެއީ ސީއީއޯގެ އަމިއްލަ ނިންމެވުމެކެވެ. އަދި އެގޮތަށް ނިންމަން ޖެހުނީ ބޭންކުގެ ފައިދާއަކަށް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ޑޮލަރުގެ ރިޒާވް ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅިގެން ރުފިޔާ ކާޑު ހޯލްޑަރުންނަށް އެމެރިކާ ޑޮލަރު ދޫކުރުން ހަނިކުރުމަށް ސީއީއޯ ނިންމެވީ ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރުވެސް ބޭންކަށް ދަތިތަކެއް ކުރިމަތިވޭ އަސްލު ފައިސާ ހޯދުމުގަ. މިބުނީ ޑޮލަރު.. އެހެންވެ ސީއީއޯ ނިންމެވީ މިގޮތަށް" ސީނިއާ މުވައްޒަފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވުިއެވެ. "ސީއީއޯގެ މި ނިންމުމަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް އިތުރު މާލީ ދަތިތަކުން ރައްކާތެރިވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެއް އަސްލު. އަޅުގަނޑުމެނަށް މީގެއިން ފަހުން ފައިދާވާނީ.ނަމަވެސް މި ފިޔަވަޅާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅައި އެ ނިންމުން އަނބުރާ ގެންދިއުމަށް މަޝްވަރާ ކުރަން ޖެހުނު"
ބީއެމްއެލްއިން ބުނީ އެބޭންކަށް ދިމާވެފައިވާ ޑޮލަރުގެ މި ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ބީއެމްއެލްއާ މަޝްވަރާކޮށް، ބޭންކުގެ މާލީ ސިއްހަތަށް ނުރައްކަލެއް ނުގެނެސް ޒަރޫރީ ހިދުމަތްތަކަށް ޑޮލަރު ލިބުން ހަމައަކަށް އެޅުވޭނެ ގޮތްތައް ހޯދަމުންނެވެ.
************



