ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ޑޮލަރަށް ލިމިޓެއް ކަނޑައެޅުމަށް ނިންމުމުން ، އެ ނިންމުން ބަދަލުުރެއްވުމަށް ރައީސުލް ޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަދައްޚުލްވެވަޑައިގެންފިއެވެ.
ބޭންކުން ޑޮލަރު ލިމިޓް ކުރެއްވި ޚަބަރު ރައީސަށް ލިބިވަޑައިގަތުމާއެކު އެމަނިކުފާނު ވަނީ ބީއެމްއެލްގެ ސީއީއޯ ކާލް ސްޓަމްކް އާއި ބައްދަލުކުރައްވައި، ޑޮލަރު ދޫކުރުން ހަނިކުރުމަށް ބޭންކުން ކުރި ހީވެސް ނުކުރާފަދަ ފިޔަވަޅާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މިފަދަ ނިންމުމަކުން ކިޔަވާކުދިންނާއި އާންމުންނަށް ލިބިދާނެ ގެއްލުންތަކަށް އަލިއަޅުވާލައްވާފައެވެ.
ފާހަގަކުރެވުނު ކަންބޮޑުވުންތަކަށް ރައްދުދީ، ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ސަރުކާރުން ވަނީ އެކަމުގެ ތެރެއަށް ވަނުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރުގެ އޮފިޝަލުން ބޭންކާ އެކު އިތުރު މަޝްވަރާތަކެއް ކުރެއްވުމުން ބީއެމްއެލްގެ ނިންމުމާ މެދު އަލުން ވިސްނަން ޖެހުނެވެ. އާންމުންގެ ޕްރެޝަރު ބޮޑުވެ ސަރުކާރުގެ ނުފޫޒުގެ ދަށުން ބީއެމްއެލް އިން ވަނީ އެ ސިޔާސަތު އަނބުރާ ގެންގޮސް، ރުފިޔާގެ ކާޑަށް ޑޮލަރުގެ ހިދުމަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.
މި ވަގުތީ ޤަރާރުގެ ބޭރުން، މިހާރު ހިނގަމުންދާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ދިގުމުއްދަތުގެ ހުށަހެޅުންތަކެއް އެކުލަވާލުމުގައި ރައީސް މުއިއްޒު ވަނީ ހީވާގިކަމާއެކު މަސައްކަތް ކުރައްވާފައެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ޤައުމުގެ މާލީ ނިޒާމު ހަމައަކަށް އެޅުވުމަށާއި، ޚާއްޞަކޮށް އިޤްތިޞާދީ ދަތި ދުވަސްވަރު ބޭންކުތަކަށް ބުރޫއެރުމެއް ނެތި ޑޮލަރުގެ ޚިދުމަތް ދެމުން ގެންދެވޭނެ ގޮތް ހެދުމެވެ. އެގޮތުން މާލީ ވުޒާރާގެ އިސް ބޭފުޅުންނާއެކު ރައީސުލް ޖުމްހޫރިއްޔާ ވަނީ މިކަމުގައި މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.



