އީރާނާއި އެކު އަލުން ހަނގުރާމަ ފަށަން ޖެހިދާނެތީވެ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ އިން އިޒުރޭލަށް ހަތިޔާރު ޖަމާކުރަން ފަށައިފި ކަމަށް ޓެލްއަވީވްގެ މަސްދަރަކުން ބުނެފިއެވެ.
މަސްދަރުތަކާއި ޙަވާލާދީ ހަބަރުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންނަ އާދީއްތަ ދުވަހަށް އީރާނާއެކު މަޝްވަރާ ކުރުމުގެ ސުންގަޑިއެއްގެ ކަނޑައަޅާފައެވެ.
ރިޕޯޓުގައިވާ ގޮތުން ޓްރަމްޕް އެފަދަ ތާރީހެއް ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އެމެރިކާގެ އޮފިޝަލުންގެ ފަރާތުން ލިބުނު އަޕްޑޭޓްތަކަށް ފަހު މިއީ ޓައިމްލައިން ކަމަށް އިސްރާއީލުގެ އޮފިޝަލުންނަށް ވިސްނިފައިވާ ކަމަށް ވެސް މަސްދަރުން ބުނެއެވެ.
އެ މަސްދަރުން ބުނީ މި މުއްދަތުގެ ތެރޭގައި އެމެރިކާގެ ތިންވަނަ މަތިންދާބޯޓު އުފުލާ ބޯޓެއް މެދުއިރުމައްޗަށް ފޯރާނެ ކަމަށެވެ.
އެމެރިކާ އިން އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދެނީ ވައިގެ މަގުން ކަމަށް ވެސް އިޒު-ޭލުގެ މަސްދަރުން ބުނެއެވެ.










