މިރޭ ގަލޮޅުގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެގެން ގެއްލުންވީ ދެ ބިދޭސީންނަށް ކަމަށް މޯލްޑިވްސް ނެޝަނަލަް ޑިފެންސްފޯސް އެމްއެންޑީއެފުން ބުނެފިއެވެ،
އެމްއެންޑީއެފުން ބުނީ އަނިޔާވެގެން ހޮސްޕިޓލަށް ގެންދިޔައީ އިންޑިއާ މީހެއްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 08:43 ހާއިރު ކަމަށާއި، އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ޝޯޓެއްވުމުން ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ގ. ރަނައުރާ ގޭގައި ހިނގަމުންދާ ފަހީމް އިލެކްޓްރޯނިކް ޕްރައިވެޓް ލިމިޓެޑްގައިކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮގތުގައި ދެމީހުންނަށް ފަރުވާދެމުންދާއިރު، އެކެއްގެ ހަށިގަނޑުގެ 6 އިންސައްތަ އަދި ދެން އަނިޔާވި ،މީހާގެ ހަށިގަނޑުގެ 3 އިންސައްތަ ފިހިފައިވާކަމަށެވެ.
މިހާދިސާ ދަނީ ތަހުގީގު ކުރަަމުންނެވެ.



