އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝައްމާނު ވަޙީދު ރައީސަށް ތާއީދުކުރައްވައި މެސެޖެއް ދެއްވައިފިއެވެ. ޝައްމާނު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ވޯޓު ދެއްވީ އެމަނިކުފާނަކީ ޤައުމު ދެކެ ލޯބިވާ އަދި އެއްވެސް ރައްޔިތަކަށް ދެރައެއް ނުދެއްވާނެ ބޭފުޅެއްކަމުގެ ޔަޤީންކަން އޮތުމުންކަމަށެވެ. އަދި އެ ދުވަހުވެސް އަދި މިއަދުވެސް ހަމަ އެމަނިކުފާނު އެހުންނެވީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

އިތުރަށް ޝައްމާނު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން ރައީސް މުޢިއްޒަށް ކުރައްވާ އިތުބާރާއި ތާއީދު ދަނީ އިތުރުވަމުންނެވެ. މިކަން ސާބިތުވަނީ ނިމިދިޔަ އިންތިޚާބުތަކުންނާއި ބައެއް ފަރާތްތަކުން ރައީސާ ގުޅޭ ގޮތުން ފަތުރާ ދޮގުތަކަށް ރައްޔިތުން އިޖާބަ ނުދޭތީ ކަމަށް ވިދާޅުވިއެވެ.

އަދި ރައީސްގެ ފަހަތްޕުޅުގައި އޮތީ ރައީސްގެ ފުރިހަމަ އިރުޝާދާއި ލަފާފުޅުގެ މަތިން ރައްޔިތުންނަށް ޚިދުމަތްކުރާނެ ވަރުގަދަ ލަޝްކަރެއް ކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާނު ވަޙީދު ވިދާޅުވެފައިވެއެވެ.