ސެޕްޓެމްބަރު 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވަނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސެޕްޓެމްބަރު 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ދުވަހަކީ 1573 ވަނަ އަހަރު ޤައުމީ ބަޠަލު މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވި ތާރީޚީ ނަޞްރުގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.


