ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދަޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިހާރުވެސް އެމްއެމްއޭއާއެކު ބޭރު ފައިސާ ހޯދުމުގެ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އެމަނިކުފާނު ވިދާޅުވީ ، ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް އޮތް 2-3 ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
ގާނޫނުތަކަށް އިސްލާހު ގެނެސް، ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ބަދަލު ގެންނަ ގާނޫނުތައް:
- ޕެންޝަނާ ބެހޭ ގާނޫނު
- އިންކަމް ޓެކްސް ގާނޫނު
މީގެ އިތުރުން، މީރާއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބައެއް ގަވާއިދުތަކަށް ބަދަލު ގެނައުމަށްވެސް ނިންމާފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.



