ނައްތާލަން ބޭނުންވާ ބައު މުސްޙަފާއި ޤުރުއާނުގެ އާޔަތްތަކާއި ހަދީޘް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް ހުޅުވާލައިފިއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ނައްތާލަން ބޭނުންވާ ބައު މުސްޙަފުތައް ސިޓީ ކައުންސިލާއި ހަވާލުކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށާއި މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލާއި ހަވާލުކުރެވޭނެ ކަމަށެވެ.
އާޒިމް މަޢުލޫމާތު ދެއްވިގޮތުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް މުސްޙަފާއި ދީނީ ލިޔުންތައް ހަވާލުކުރެވޭނެ އިންތިޒާމު މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބަޔާއި ވިލިމާލެ ސެކްޝަނާއި ހުޅުމާލެ ސެކްޝަނުގައި ހަމަޖެހިފައި ހުންނާނެއެވެ.
އާޒިމް ވިދާޅުވީ ކޮންމެ އަހަރަކުވެސް ދެފަހަރު މި ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށެވެ.



