އެމެރިކާ-އީރާން މަޝްވަރާ އިރުކޮޅަކުން ފަށާނެކަމަށް ޕާކިސްތާނުގެ މީޑިއާ އިން ބުނެފިއެވެ. މަޝްވަރާ ކުރިޔަށްދާނީ އިސްލާމްއާބާދުގައި ވަކިވަކި ރޫމްތަކުގައި ތިއްބަވައިގެން އެއްބަޔަކު އަނެއްބަޔަކާއި ސީދާ ދިމާނުވާ ގޮތަށެވެ.
މި މަޝްވަރާގައި އީރާނުގެ ފަރާތުން ބައިވެރިވި ވަފުދުގައި މަޖިލިސް ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާއި ފޮރިން މިނިސްޓަރު އައްބާސް ޢަރާޤިޗީ ނިމެނޭ އިރު އަނެއްކޮޅުން އެމެރިކާއިން ފޮނުވީ ނައިބު ރައީސް ޖޭޑީ ވެންސް އާއި ޖޭރެޑް ކުޝްނަރއާއި ސްޓީވް ވިޓްކޯފް ފަދަ ބޭފުޅުންނެވެ.
އެނަލިސްޓުން ބުނަނީ އީރާނާއި ވާހަކަ ދެއްކެވުމަށް ޓްރަމްޕުގެ ނައިބު ވަޑައިގަތުމަކީ މިކަން (ހަނގުރާމަ) ކޮޅެއްގައި ޖެއްސުމަށް އެމެރިކާ އިން ބޭނުންވެފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށާއި، އެމެރިކާގެ މަޤްޞަދަކީ ޑީލެއް ހަދައިގެން ވެސް ހުރްމުޒް ހުޅުވުމެވެ.
އެމެރިކާގެ އޮފިޝަލުން ވެސް ފޯކަސް ކުރަނީ ކޮންމެ ކަހަލަ އެއްބަސްވުމެއްގެ ތެރެއިން ވެސް އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށެވެ.










