ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓްކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.
މީގެ ދެގަޑިއެއްހާއިރުކުރިން ޚުލާސާއަށް އެނގިފައިވާ ގޮތުގައި ކުރިއެކޭ އެއްގޮތަށް ދެން ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ލިބޭ 250 ޑޮލަރު ލިމިޓް ލިބޭނެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނިންމުން ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ތެރެއިން މީގެ އިރުކޮޅެއްކުރިން ބޭންކާއި މަޝްވަރާ ކޮށްގެންނެވެ.
ސަރުކާރުން ބޭންކުގައި އެދުނީ ރައްޔިތުންނަށް ތަކުލީފެއް އުފުލަން ޖެހުމަކީ ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ބޭންކް އޮފް މޯލްޑިވްސްއިން ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވުމަށް ސަރުކާރުން އެދިވަޑައިގަތެވެ. އެހެންކަމުން ބޭންކުގެ ސީއިއޯ ވަނީ ސަރުކާރުގެ އެދުމަށް އިޖާބަ ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.




