އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ބަހުރައިނަށް މިސައިލް ހަމަލާތަކެއް އެބަ ފޮނުވައެވެ. އީރާނުން މި ހަމަލާ ތައް ފޮނުވަމުންދާއިރު، މި ވަގުތު ވެސް އިޒުރޭލުން ދަނީ ތެހެރާނަށް ބޮން އަޅަމުންނެވެ.
އީރާނުގެ މިސައިލް ހަމަލާތަކާއި ގުޅިގެން ބަހްރައިނުން ސައިރިން އަޅަމުންދާއިރު، އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީން ގެންދަނީ ރައްޔިތުން ރައްކާތެރި ތަންތަނަށް ވަދެ ތިބުމަށް އިރުޝާދު ދެމުންނެވެ.
ކިންގްޑަމް އޮފް ބަހްރެއިން ޑިފެންސް ފޯސް އިން ބުނާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދިނުމަށް ފަހު ކަންތައްގަނޑު ހޫނު ވެ، އީރާނުން ބަހުރައިނާއި ދިމާއަށް ފޮނުވައިލި މިސައިލް ތަކުގެ ތެރެއިން މަދުވެގެން 188 ބެލިސްޓިކް މިސައިލް ވަނީ ފެއިލް ކޮށްލާފައެވެ. އޭގެ އިތުރުން 468 ޑްރޯން ވެސް ހުއްޓުވާފައި ވެއެވެ.
މިއީ ބަހުރައިނުން ބުނާ ގޮތެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ޙަޤީޤަތަކީ ބަހުރައިނުގައި ތިބި އެމެރިކާގެ ސިފައިންނަށް އީރާނުގެ ޙަމަލާ ތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމެވެ. މިކަމުގެ ތަފްސީލެއް ބަހުރައިނަކުން ވެސް އަދި އެމެރިކާ އަކުން ވެސް ހާމަ އެއް ނުކުރެއެވެ.
އީރާނުން ބަނުރައިނަށް ދޭ ޙަމަލާ ތަކަކީ ރައްދު ޙަމަލާ ތަކެވެ.










