ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ.
ކެނެޑާގެ ނަމްބަރުތަކަކުން މެސެޖުތައް ފޮމުވަމުން އަންނަނީ ރާއްޖޭގެ ޕޯސްޓް އޮފީހުން ކަމަށް ބުނެއެވެ.
އެ މެސެޖުތަކުގައި ވަނީ ގުދަނަށް ޕެކޭޖް އައިސްފައިވާކަމަށާއި އެޑްރެސްގެ މަޢުލޫމާތު ރަނގަޅުނުވެގެން ޕެކޭޖު ފޮނުވޭނެ ގޮތެއް ނެތް ކަމަށެވެ. އެޑްރެސް ބަދަލުކުރަން ޖެހޭ ގޮތްވެސް މެސެޖުގައި ކިޔައިދީފައިވާއިރު އޭގައި ބުނެފައިވަނީ ލިންކު ހުޅުވައިގެން އަލުން އެ ޕެކޭޖް ލިބޭނެ ގޮތް ހެދުމަށް ނުވަތަ އޯޑަރުކޯށްފައިވާ ޕެކޭޖު އަނބުރާ ޑީލަރަށް ދިނުމަށެވެ.
މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާއްމުވެފައިވާ މައްސަލައެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ކުރީކޮޅާ ހަމައަށް އެކަނިވެސް މަކަރާއި ހީލަތާއި ގުޅިގެން 27 މިލިއަން ރުފިޔާ ގެއްލިގެން ފުލުހަށް ހުށަހަޅާފައިވެއެވެ.



