ޖަރމަނުގެ މިއުޒިކް ފެސްޓިވަލެއްގައި ވަޅިޖަހައި ތިން މީހަކު މަރާލައި އިތުރު އަށް މީހަކަށް އަނިޔާވެއްޖެ އެވެ.
ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ސޮލިންގޭންގައި ބޭއްވި މިއުޒިކް ފެސްޓިވަލެއްގައި ވަޅިން ހަމަލާދީ ތިން މީހަކު މަރުވެ އަށް މީހަކު ޒަހަމް ކޮށްލި މައްސަލައިގެ ތަހުގީގު ކުރަމުން ކަމަށާއި މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ހަވީރު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފެސްޓިވަލް އޮފް ޑައިވަރސިޓީގެ ތެރެއިން ކަމަށް ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ހަމަލާއާއި ގުޅިގެން އެ ފެސްޓިވަލް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ފުލުހުން ބުނީ އެއީ "ވަރަށް އަމާޒުކޮށްގެން ދިން ހަމަލާއެއް" ކަމަށާއި ، ހަމަލާ އަމާޒު ކޮށްފައިވަނީ މީސްމީހުންގެ ކަރަށެވެ.
ހަމަލާ ދިނީ ކާކު ކަމެއް ނޭނގޭއިރު ފުލުހުން 15 އަހަރުގެ ކުއްޖަކު ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 67 އަހަރާއި 56 އަހަރުގެ ދެ ފިރިހެނަކާއި 56 އަހަރުގެ އަންހެނެކެވެ. ޒަހަމްވި މީހުންގެ ތެރެއިން ހަތަރު މީހުންގެ ހާލު ސީރިއަސް އެވެ.
ސޮލިންގޭންގެ ސިޓީ ސެންޓަރުގައި މިހާރު ހަތިޔާރުތަކާއެކު ފުލުހުންގެ ހާއްސަ ޔުނިޓްތަކުން ޕެޓްރޯލް ކުރަމުންދާއިރު، މިއީ ޓެރަރިޒްގެ ހަމަލާއެއް ކަމަށް ބެލެވެއެވެ.



