މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހިޒްބުالله އިން އިސްރާއީލުގެ އަސްކަރީ ބޭސްތަކަށާއި ފައުޖު ތަކަށް އަމާޒުކޮށް ހަމަލާދީފިއެވެ.
ހަމާސްއާ އެކު އިސްރާއީލު ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ލުބުނާނުގެ ހިޒްބުﷲއިން ބުނީ ހަމަލާ ދީފައިވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒު މަސްކަފާމް އަށް އަމާޒުކޮށް ކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން އެ ބޭސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މީގެ އިތުރުން އެ ޖަމާއަތުން ވަނީ އުތުރުގެ އަވަށެއް ކަމަށްވާ ޔާރާ ކައިރީގައި ތިބި އިސްރާއީލުގެ ސިފައިންނަށް ޑްރޯން ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މި ހަނގުރާމައަށް ހިޒްބުالل هވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާއާ ގުޅިގެންނެވެ. އޭގެ ފަހުން އެ ޖަމާއަތުގެ ހަމަލާތަކުގެ ސަބަބުން އުތުރުގެ ސަރަހައްދުތަކުން އިސްރާއީލުގެ 70،000 އަށް ވުރެ ގިނަ އާންމުން ގެދޮރު ދޫކޮށް ދިއުމަށް މަގުފަހިވެފައިވެ އެވެ.
މިއީ 35 ދުވަހުގެ ތެރޭގައި އެ ޖަމާއަތުން އެންމެ ގިނަ ހަމަލާތަކެއް ދިން ފަހަރެވެ.
ވަކިވަކިން ނެރުނު ބަޔާންތަކުގައި ހިޒްބުالله އިން ބުނެފައި ވަނީ އިސްރާއީލު ސިފައިންގެ މަލްކީހް ސައިޓާއި އަލް ސަމްމާގާ، ރުވައިސަތު އަލް އަލަމް އަދި ހަދަބް ޔާރިން ސައިޓްތަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.
އަދި ސިފައިންގެ މެރޮން ބޭސް އާއި ރަމީމް ސައިޓާއި އިސްރާއީލުގެ އުތުރުގައި އޮންނަ އައިން ޒައިޓިމް އަސްކަރީ މަރުކަޒުގައި ހުރި ސަވައިލެންސް އާއި ޖާސޫސީ ސާމާނަށް ރޮކެޓް ސަލްވޯތަކުން ހަމަލާދިން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޖަމާއަތުން ބުނީ މެޓޫލާ އަސްކަރީ ސަރަހައްދު ކައިރީގައި އިސްރާއީލުގެ ސިފައިން އެއްވެ ތިބި ތަނަކަށް ވެސް ހަމަލާދީފއިވާ ކަމަށާއި، ތަލާތުލް ޚަޒާން ސަރަހައްދުގެ ކައިރީގައި ތިބި އިސްރާއީލް އަސްކަރިއްޔާގެ ބަޔަކަށް އަމާޒު ކޮށްގެން ވެސް އާޓިލަރީ ޝެލްތަކުން ހަމަލާދީފައިވާ ކަމަށެވެ.
ހިޒްބުالله އިން ބުނީ ހުކުރު ދުވަހު އިސްރާއީލު ސިފައިންނާ ހިނގި ހަމަނުޖެހުންތަކުގައި އެގައުމުގެ ހަނގުރާމަވެރިންގެ ތެރެއިން ހަތް މީހަކު ވެސް މަރުވެފައިވާ ކަމަށެވެ.
އަލަށް މަރުވި މީހުންގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލު ސިފައިންނާ އެކު ހަނގުރާމައިގައި މަރުވި ހިޒްބުالله ހަނގުރާމަވެރިންގެ ޖުމްލަ އަދަދު 428 އަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ ކުރިން އިސްރާއީލުގެ ސިފައިން ހުކުރު ދުވަހު ބުނެފައި ވަނީ ލުބުނާނުގެ ދެކުނުން ސަފެދު ސިޓީއާއި އިސްރާއީލުގެ ހުޅަނގު ގަލީލީގެ ވަށައިގެންވާ ސަރަހައްދުތަކާ ދިމާލަށް 20 ވަރަކަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.
އިސްރާއީލް މީޑިއާއިން ބުނާ ގޮތުގައި އެ ރޮކެޓްތައް ފެނިފައިވަނީ ލުބުނާނުގެ ދެކުނުން ސަފެދު އާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދާއި ދިމާލަށް ފޮނުވާލި ވަގުތުއެވެ. އޭގެ ތެރެއިން ގިނަ ރޮކެޓްތައް ވަނީ ހުއްޓުވާލާފައެވެ. ބައެއް ރޮކެޓްތައްވހުޅަނގު ގަލީލީގެ އައިން ޒައިޓިމް ސަރަހައްދު ކައިރީގައި އޮންނަ ސަރަހައްދަކަށް ވެއްޓުނު ކަމަށް ވެސް އިސްރާއީލް މީޑިއާއިން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.



