ފަލަސްޠީނުގެ އަސީރުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އިޒުރެލުން ގާނޫނެއް އިއްޔެ ފާސް ކޮށްފިއެވެ.

މި ގާނޫނުގައި ބުނާ ގޮތުން "ޓެރަރިޒަމް" ގެ ގިންތި އަށް ފެތޭ ފަލަސްޠީނުގެ ކޮންމެ މީހަކު މަރައިލުމުގެ ބާރު އިޒުރޭލަށް ލިބިގެން ވެއެވެ. މި ގާނޫނަކީ ފަލަސްތީނުގެ ރައްޔިތުންނަށް ސީދާ އަމާޒުކޮށް ފާސްކުރި ގާނޫނެކެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި ޔޫރަޕިއަން ޔޫނިއަން އަދި ބައެއް ސަރުކާރުތަކުން ވަނީ އެ ގާނޫނު ކުށްވެރިކޮށް، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެފަ އެވެ.

މި ކަމާއި ދެކޮޅަށް ފަލަސްތީނުގެ ސަރަޙައްދުތަކުގައި މުޒާހަރާ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި މިހާރު ވެސް 9500 އަށް ވުރެ ގިނަ ފަލަސްޠީން ރައްޔިތުން ހައްޔަރު ކޮށްފައި އެބަތިއްބެވެ.