މިޔަންމާގެ އަސްކަރީ ބަގާވާތަށްފަހު އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ސީނިއާ ޖެނެރަލް މިން އައުންގް ހްލައިން، އެގައުމުގެ ވަގުތީ ރައީސްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ. މިއީ އެގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި މައިންޓް ސުވޭގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހާމަކޮށްފައިވެއެވެ. އަސްކަރިއްޔާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައިންޓް ސުވޭގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭތީ، ރައީސްގެ ހުރިހާ ޒިންމާތަކެއް މިހާރު މިން އައުންގް ހްލައިންއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މައިންޓް ސުވޭއަކީ 2021 ވަނަ އަހަރު އަންގް ސަން ސޫކީގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު، އަސްކަރިއްޔާއިން އެގައުމުގެ ވަގުތީ ރައީސްކަމަށް އައްޔަންކުރި ބޭފުޅެކެވެ.
އަސްކަރިއްޔާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައިންޓް ސުވޭގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭތީ، ރައީސްގެ ހުރިހާ ޒިންމާތަކެއް މިހާރު މިން އައުންގް ހްލައިންއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މައިންޓް ސުވޭއަކީ 2021 ވަނަ އަހަރު އަންގް ސަން ސޫކީގެ އިންތިޚާބީ ސަރުކާރު ވައްޓާލުމަށްފަހު، އަސްކަރިއްޔާއިން އެގައުމުގެ ވަގުތީ ރައީސްކަމަށް އައްޔަންކުރި ބޭފުޅެކެވެ.
މި ބަދަލާއެކު މިން އައުންގް ހްލައިންގެ އަތްޕުޅަށް މިޔަންމާގެ ހުރިހާ ބާރުތަކެއް މިވަނީ ޖަމާވެފައެވެ. އޭނާއަކީ މިހާރުވެސް އެގައުމުގެ އަސްކަރީ ކައުންސިލްގެ ރައީސްގެ އިތުރުން ބޮޑުވަޒީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިޔަންމާގެ ވެރިރަށް ނައިޕީޑޯގައި ހުންނަވައިގެން އޭނާ ގެންދަވަނީ ގައުމުގެ ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓަވަމުންނެވެ.
މި ނިންމުން ނިންމާފައިވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ އަސްކަރިއްޔާއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ވެރިކަމަށް އަތްގަދަކުރި ފަހުން އެގައުމުގައި ދާޚިލީ ހަމަނުޖެހުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.



