Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭގައި 1100 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި 1100 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އަޅައިފި

މުހައްމަދު ޖަމްޝަތު
108 ދުވަސް ކުރިން - 29 މާޗް 2026 15:42
ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގައި އިމާރާތްކުރާ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ އެއްގަމު އުޅަނދުތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް

ހުޅުމާލޭގައި 1100 ވެހިކަލް ޕާކުކުރެވޭނެ ޖާގައިގެ ޒަމާނީ ޕާކިން ބިލްޑިންގްއެއްގެ ބިންގާ އަޅައި، އޭގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ ފޭސް އެކެއްގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

ޕްރައިވެޓް ސެކްޓާ ޕްރޮޖެކްޓް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަންއާއެވެ. މި މަސައްކަތް އެ ކުންފުނިން 24 މަސްދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރަން ޖެހެއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މި އިމާރާތަކީ ހަމައެކަނި ޕާކިންއަށް ހާއްސަ ތަނެއް ނޫން ކަމަށާއި، މިއީ އެއްގަމު އުޅަނދުތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށާއި، އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާނެ ތަންތަނުގެ އިތުރުން ކުޅިވަރު ކުޅޭނެ ޖާގަވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައާއި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ބައެކެވެ.

"ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، އާންމު ހިދުމަތް ރާވާފައިވާ ފަރާތްތަކަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި އިންސައްތައެއް ވާނީ ކަނޑައެޅިފައި،" އަމީން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ޕާކިން ބިލްޑިންގްތައް ނިމުމުން މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހަދައި، ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ފޭސް އެކެއްގައި 3 ބިލްޑިން އަދި ފޭސް ދޭއްގައި 4 ބިލްޑިން އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)ރައީސް ޑރ. މުހައްމަދު މުއިއްޒުހުޅުމާލެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

13 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

2 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން - 13:22