އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައިފިއެވެ. ނައީބް ރައީސް މިހެން ވިދާޅުވުވީ މިއަދު އެކްސް ގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ވިދާޅުވެފައިވަނީ، ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި، އެއީ ދުނިޔޭގެ އާދައެވެ. އަދި އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ޤަދަރާއި އުފާވެރިކަން މާ ރަނގަޅު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕޯސްޓުގައި ނައިބު ރައީސް އަލިއަޅުވާލައްވާފައިވަނީ، މީހުންނަށް ލިބޭ ފުރުސަތުތަކާއި ހައްޤުތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަމަށެވެ. އަދި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއް ކަމަށް ނުދެކުމަށް އާންމުންނަށް ގޮވާލައްވާފައިވެއެވެ.
ނައިބު ރައީސްގެ މި ބަސްފުޅުތަކުން ދޭހަވަނީ، ކޮންމެ ކަމަކަށްވެސް ވަކި މުއްދަތެއް އޮންނަ ކަމާއި، އެ މުއްދަތުގެ ތެރޭގައި ލިބޭ ފުރުސަތުތަކަށް ޝުކުރުވެރިވެ، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމެވެ.
ލަފާ ކުރެވޭ ގޮތުގައި މިއީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ޕީޖީގެ މަޤާމުގައި ހުންނެވި ދުވަސްވަރު ނުހައްގުން ގިނަ ކަންތަކެއް ކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރެއްވުމުން ކުރެއްވި ޕޯސްޓެއް ކަމަށް ބެލެވެއެވެ.



