ތެހެރާނާއި އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށް ބުނެ ވޮޝިންޓަނުން ހަދަނީ ދޮގު ކަމަށް އީރާނުގެ އޮފިޝަލުން ބުނެފިއެވެ.
މީދިއާ އާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން އެދިގެން އެ ގައުމުގެ ހަކަތައާއި ބެހޭ ތަންތަނަށް ހަމަލާ ދިނުން 10 ދުވަހަށް އެމެރިކާ އިން ވަނީ ފަސްކޮށްފައެވެ.
މި ވާހަކަތައް ތެހެރާނުން ސިފަކޮށްފައިވަނީ "ފޭކް ނިއުސް" ގެ ގޮތުގައި ކަމަށާއި، އީރާނުގެ ލީޑަރުންނާއި ދައުލަތުގެ މީޑިއާތަކުން ވަނީ ރަސްމީ މަޝްވަރާތައް ނުހިނގާ ކަމަށް ބުނެފައި ކަމަށް ރޮއިޓާސް އިން ބުނެއެވެ.
އީރާނުން ބުނާ ގޮތުގައި ތެހެރާނުން އެއްވެސް މިންވަރަކަށް އެމެރިކާ އަކަށް އިތުބާރެއް ނުކުރެއެވެ.










