ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު ޕޮޕް ސްޓަރ ޖަސްޓިން ބީބާ އާއި އޭނާގެ އަންހެނުން ހެއިލީ ބީބާގެ ފުރަތަމަ ދަރިފުޅު ވިހައިފިއެވެ. މި އުފާވެރި ޚަބަރު ޖަސްޓިން ބީބަރ މިއަދު ވަނީ އޭނާގެ އިންސްޓަރގުރާމު ޕޯސްޓެއްގައި ހިއްސާކޮއްފައިއެވެ. އެ ދެމީހުންގެ ދަރިފުޅުގެ ނަމަކީ ޖެކް ބްލޫސް ބީބަރ ކަމުގައި ވެސް ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.
ހެއިލީ އޭނާގެ ބަނޑު ބޮޑުވި ވާހަކަ ފޭނުންނަށް އެންގީ މާބަނޑުވިތާ 6 މަސްދުވަސް ފަހުންނެވެ. އެހެންނަމަވެސް، މި މުއްދަތުގައި އޭނާ ގިނަ ފޮޓޯ ޝޫޓްތަކުގައި ބައިވެރިވެފައި ވެއެވެ. ހެއިލީ ހިއްސާކުރި ގޮތުގައި، މިއީ ވަރަށް ތަފާތު އަދި ޚާއްޞަ ތަޖުރިބާއެކެވެ. އިތުރަށް އޭނާ ހާމަކުރެއްވި ގޮތުގައި، މާބަނޑު ދުވަސްވަރު ބިސްގަނޑާއި ހޮޓް ސޯސް އެޅި ޕިކަލްސް ކެއުމަށް ޝައުޤުވެރިކަން އިތުރުވިއެވެ. މީގެއިތުރުން، ބުރަކަށީގެ ތިރީބައިގައި ވޭން އިހުސާސް ކުރެވުނުކަން އޭނާ ފާހަގަކުރިއެވެ.
ޖަސްޓިން އަދި ހެއިލީގެ ކައިވެޏަށް މިހާރު 5 އަހަރު ވެއްޖެއެވެ. މި ދެ ލޯބިވެރިންގެ ކައިވެނީގެ ގުޅުން ފެށިގެން އައީ 2018 ވަނަ އަހަރުއެވެ.
ޖަސްޓިނާއި ހެއިލީގެ ފުރަތަމަ ދަރިފުޅު ލިބުމާއި ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމީހުންގެ ފޭނުންގެ ފަރާތުން ދަނީ މި ޒުވާން ދެމަފިރިންނަށް ތަހުނިޔާގެ މެސެޖްތައް ލިބެމުންނެވެ.



